-Advertisement-

-Advertisement-

ބަންގްލަދޭޝް އާއި ތުރުކީ އަދި ޕާކިސްތާނަށް ސަފީރުން އައްޔަން ކުރައްވައިފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި އެންމެ ފަހުން ސަފީރުން އައްޔަންކުރެއްވީ ބަންގްލަދޭޝް އާއި ތުރުކީ އަދި ޕާކިސްތާނަށް ކަމަށެވެ.

ރާއްޖެ އިން ބަންގްލަދޭޝް އަށް އައްޔަންކުރެއްވީ ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދެވެ. އަދި ތުރުކީ އަށް ހަމަޖެއްސެވި ފުރަތަމަ ސަފީރަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީން އަބްދުއްލަތީފު އަދި ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރަކަށް ރައީސް އައްޔަން ކުރެއްވީ ނ. ހޮޅުދޫ އުފަންވެލި މުހައްމަދު ތޯހާ އެވެ.

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ މި ތިން ބޭފުޅުންވެސް ސަފީރުކަމަށް އައްޔަންކުރެއްވާފައިވާ އިރު، ފޮރިން ސާވިސްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޝިއުނީން، ބަންގްލަދޭޝްގެ ސަފީރުކަމަށް އައްޔަންކުރުމާ ހަމައަށް ހުންނެވީ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ.

އަދި އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން މިދިޔަ އޭޕްރީލް މަހު ރިޓަޔާކުރެއްވިއިރު ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގަ އެވެ. އަދި ޕާކިސްތާނުގެ ސަފީރެއްގެ ގޮތުގައި ތޯހާ ހަމަޖައްސާފައިވާއިރު، ތޯހާއަކީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނ. ހޮޅުދޫ ދާއިރާ އަށް ޕީއެންސީގެ ޓިކެޓު ހޯދަން ޕްރައިމަރީގައި އޭނާ ވާދަކުރެއްވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-