ހިޒްބުﷲ ޖަމާއަތުގެ ކޮމާންޑަރު އަވަހާރަކޮށްލުމާއި ގުޅިގެން “100 ކަޓިއުޝާ ރޮކެޓް” ހަމަލާ އިސްރާއީލަށް އަމާޒުކޮށް ފޮނުވާލައިފިއެވެ.
ޓަޔަރުގައި ދިން ހަމަލާއެއްގައި “ހައްޖު އަބޫ ނިމާހް” ގެ ނަމުން މަޝްހޫރުވެފައިވާ މުހައްމަދު ނިމާހް ނާސިރާއި އޭނާގެ ބޮޑީގާޑު އަވަހާރަކޮށްލުމުން، ގޯލާން ހައިޓްސްގައި ހުންނަ އިސްރާއީލުގެ ދެ ތަނަކަށް “100 ކަޓިއުޝާ ރޮކެޓް” ފޮނުވާލާފައިވާ ކަމަށް ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ބުނެފައިވާ ގޮތުގައި ހިޒްބުﷲގެ ހަނގުރާމަވެރިން ވަނީ ނަފާހު ބެރެކްތަކުގައި ހުންނަ ގޯލަން ޑިވިޝަންގެ ހެޑްކުއާޓަރާއި ކެއިލާ ބެރެކްސްގައި ހުންނަ ވައިގެ އަދި މިސައިލް ޑިފެންސް ހެޑްކުއާޓަރަށް ހަމަލާ ދީފައެވެ.
ދެކުނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޓަޔަރަށް ޔަހޫދީން ދިން ހަމަލާގައި ހިޒްބުﷲ ޖަމާއަތުގެ ކޮމާންޑަރު އަބުދުﷲ އަވަހާރަކޮށްލުމާއި ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ހިޒްބުﷲ ޖަމާއަތުން ބުނެފައިވެއެވެ.
ހިޒްބުﷲ އިން އިސްރާއީލުގެ އުތުރުގައި އެގައުމުގެ އެންމެ ބޮޑު ރޮކެޓް ބެރޭޖް އުދުއްސާލައިފައިވާއިރު މިހަމަލާ އާއި ގުޅިގެން އިސްރާއީލުގެ ތަންތަނަށް ހަ ހަމަލާއެއް ދީފައި ވެއެވެ.
މުހައްމަދު ނިމާހް ނާސިރަކީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބޯޑަރު ހުރަސްކޮށް ހިނގި ހަމަނުޖެހުންތަކުގައި ޝަހީދުވި ހިޒްބުﷲގެ ތިން ވަނަ އިސް ކޮމާންޑަރެވެ.