-Advertisement-

-Advertisement-

އާދީއްތަ ދުވަހު ސަރުކާރު ބަންދުވާނެ: ހީނާ

ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު. ފޮޓޯ: ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް

ކަލަންޑަރާ އެއްގޮތަށް އަންނަ އާދިއްތަ ދުވަހު ސަރުކާރު ބަންދުވާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޖުރީ އައު އަހަރު ފެށޭ ދުވަސް ބަދަލުނުވާތީ އަންނަ ހަފްތާގެ އާދީއްތަ ދުވަސް ކުރިން ވެސް ކަނޑައެޅިފައިވާ ގޮތަށް ބަންދުވާނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ޚައްޖު މަހުގެ ކަލަންޑަރަށް ބަދަލު ގެނައީ އަރަފާތު ދުވަސް ސައުދީ އަރަބިއްޔާއާ އެއް ދުވަހަކަށް ހެދުމަށްޓަކައެވެ. އެގޮތުން ކަލަންޑަރުގައި ޚައްޖު މަސް ފެށޭ ދުވަހަކަށް މީގެ ކުރިން އޮތީ މިދިޔަ މަހުގެ 8 ވަނަ ދުވަސް ނަމަވެސް ސައުދީއަށް ހަނދު ފެނުމުން، ރާއްޖޭގައި ވެސް ޚައްޖު މަހުގެ ފުރަތަމަ ދުވަހަކީ 7 ޖޫން ކަމުގައި ކަނޑައެޅިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-