-Advertisement-

-Advertisement-

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް އިޤްތިޞާދީ ރީފޯމް ބިލްތަކަށް އެމްޑީޕީން ތާއީދު ކުރޭ

އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ޕްރެސް ކޮންފަރެންސް. ފޮޓޯ: ދެން

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތި ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިޤްތިޞާދީ ރީފޯމް ބިލްތަކަށް އެމްޑީޕީން ތާއީދުކުރާކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން ހާމަކޮށްފިއެވެ.

އިއްޔެ ހަވީރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވީ އެ ޕާޓީން ތާއީދުކުރާ ކަންކަން މަޖިލީހުގެ ތެރެއިން ފެންނާނެ ކަމަށެވެ. ސަރުކާރު ރީފޯމްކުރުމާ ގުޅޭ 3 ބިލެއް މަޖިލީހުގައި އެބަ އޮތްކަމަށާއި އެ ހުރިހާ ބިލަކަށް ވެސް އެ ޕާޓީން ތާއީދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

“މީގެ ތެރޭގައި އެބަހުރި 2024 ވަނަ އަހަރަށް އެމްޑީޕީގެ ފަރާތުން ބަޖެޓް ހުށަހަޅާފައި ހުރި ރީފޯމް އެޖެންޑާ. އޭގެ ތެރޭގައި ސަބްސިޑީ ރީފޯމް، އެއީ އަޅުގަނޑުމެން ތާއީދުކުރާ ކަމެއް.” ޝަމްހީދު ވިދާޅުވިއެވެ.

އެހެންނަމަވެސް މަހުގެ އަގު ދަށްކުރުމަށް އެމްޑީޕީން ތާއީދު ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމަށް ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުން މާ ރަނގަޅުކަމުގައި ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރުގެ މިހާތަނަށް އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް 700-800 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.

“މި ހަރަދުތައް ކުޑަކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ނެތް ބައިނަލްއަގުވާމީ މާލީ އިދާރާތައް ކޮންވިންސް ކޮށްދެވޭކަށް އަޅުގަނޑުމެން ސީރިއަސްކަމަށް، ރާއްޖެ ސަލާމަތްކުރަން” އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެދުމުން އެ މައުލޫމާތު ހާމަކުރުމަކީ ލާޒިމު ކަމެއްކަމަށެވެ. ނަމަވެސް، އެ މައުލޫމާތު ދޭން ސަރުކާރުން ދެކޮޅު ހަދާތީ، އިދިކޮޅުން އެކަމާ މެދުގައި ވަރަށް ކަންބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-