-Advertisement-

-Advertisement-

ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

އިމިގްރޭޝަނުން ހައްޔަރުކުރި ބިދޭސީން: ފޮޓޯ/އިމިގްރޭޝަން

މާލޭގެ ޑޮލަރު އޭޓީއެމްތައް ކައިރީގައި މާލޭގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

އެގޮތުން މާލޭގެ ޑޮލަރު އޭޓީއެމްތައް ކައިރީގައި ރޭ ހިންގި ޚާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ، ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ދެ ބިދޭސީން އަތުލައިގެންފައިވާ މިގްރޭޝަނުން ވިދާޅުވެއެވެ.

ބާބުލް މިއާ ނަމަކަށް ކިޔާ މީހަކާއި މުޙައްމަދު މޮކްޗަންދަލީ ނަމަކަށް ކިޔާ  މި ދެމީހުންނަކީވެސް ބަނގްލަދޭޝްއަށް ނިސްބަތްވާ ދެމީހުންކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

https://x.com/ImmigrationMV/status/1808706629514506558

މީގެ ކުރިން މާރޗް 9 ވަނަ ދުވަހުވެސް އިމިގްރޭޝަނުން ވަނީ ލުހުންގެ އެހީތެރިކަމާ އެކު ޑޮލަރުގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ ހަ މީހަކު ހައްޔަރުކޮށް، ޑީޕޯޓުކޮށްލައިފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން އިމިގްރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 1،800 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްލައިފައެވެ. އޭގެ އިތުރުން ވެސް 100 އަށްވުރެ ގިނަ މީހުން މި ފަހުން ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން އިމިގްރޭޝަނުން އަންނަނީ ފުލުހުންނާ ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-