-Advertisement-

-Advertisement-

ކަފާލާތުގެ ދަށުން ކުށްވެރިން ދޫކޮށްލެވޭގޮތް ހަދަނީ

ރާއްޖޭގެ ސިވިލް ކޯޓް ހުންނަ ޖަސްޓިސް ބިލްޑިންގް – ފޮޓޯ: ވަން އޮންލައިން

ޖިނާއީ ހުކުމްތައް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުން އަންނަ ކުށްވެރިން ވެސް އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން މިނިވަންކުރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުޞްނީ މުބާރަކު ހުށަހެޅުއްވި މި އިސްލާހުގައި ވާގޮތުން މީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއްގެ އިސްތިއުނާފީ މަރުހަލާގައި އެ މަރުހަލާ ނިމެންދެން އެ މީހާ ބަންދުން ދޫކޮށްލެވިދާނެއެވެ.

އެގިތުން މި އުސޫލުގެ ދަށުންވެސް ދޫކުރެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ މައްސަލަތަކުގައިކަމަށް މި އިސްލާހުގައި ވަނީ ބުނެފައެވެ.

އެގޮތުން އެ އިސްތިއުނާފަކީ، އެކަށިގެންވާ އަސާސެއްގެ މައްޗަށް ބިނާވާ މައްސަލައަކަށްވުމުގެ އިތުރުން ކަފާލާތުގެ ޝަރުތުތަކަށް އަމަލުކުރުން ހިމެނޭއިރު އެ މީހާ އިތުރަށް ބަންދުގައި ބަހައްޓައިގެން ހާސިލުވާނެ އާންމު މަސްލަހަތެއް އޮތް މައްސަލައަކަށް ވެގެން ނުވާނެކަމަށް ހުޞްނީގެ އިސްލާހުގައި ވެއެވެ.

އަދި މީގެ އިތުރުން ދަށު ކޯޓުން ކުށް ސާބިތުވާ މީހުންނަށް ވެސް އަދަބު ކަނޑައެޅުމުގެ ކުރިން ކަފާލާތުގެ ދަށުން ދޫކުރެވޭނެ ގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ.

ނަމަވެސް، އެ ގޮތަސް މީހުން ދޫކުރެވޭނީ އެއީ އިންސާފު ގާއިމުކުރަން މުހިންމު ކަމެއް ކަމަށް ސާބިތުކޮށްދިނުމުން ކަމަށް ވެސް އެ ބިލުގައި ވަނީ ބުނެފައެވެ.

އެކަމަކު، އެ ގޮތަށް ދޫކުރާއިރު، ފުރުން މަނާކުރުމާއި، އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމާއި މައްސަލައިގައި ހިމެނޭ މީހުންނާ މުއާމަލާތްނުކުރުން ފަދަ ޝަރުތުތައް ކުރެވިދާނެ

ފާލާތުގެ ދަށުން މިނިވަންކުރުމަކީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވި، ތަހުގީގުގެ ނުވަތަ ޝަރީޢަތުގެ މަރުޙަލާއެއްގައި ބަންދުގައި ބެހެއްޓިފައި ހުރި މީހަކު، ބަންދުން މިނިވަންވުމަށްޓަކައި ކޯޓުގައި ވަކި ވަރަކަށް ފައިސާ ބަހައްޓައިގެން ނުވަތަ މީހަކު ޖާމިނުކޮށްގެން މިނިވަންކުރުމެވެ.

މިހާރު ގާނޫނު އޮތް ގޮތުން ކަފާލާތުގެ ދަށުން މިނިވަންކުރެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން އެކަނި ކަމަށް ހައިކޯޓުން މީގެ ކުރިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-