-Advertisement-

-Advertisement-

ރާއްޖޭގެ ގިނަ ރަށްރަށުގައި މަގުބައްތިތައް ހަރުކޮށްފައި ހުރީ ރައްކާތެރި ގޮތެއްގައެއް ނޫން: ފެނަކަ

ފެނަކަ ކޯޕަރޭޝަން. ފޮޓޯ: ސަން

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހިންގި އިންސްޕެކްޝަނެއްގައި ރާއްޖޭގެ ގިނަ ރަށްރަށުގައި މަގުބައްތިތައް ހަރުކޮށްފައި ހުރީ ރައްކާތެރި ގޮތެއްގައި ނޫންކަން ފާހަގަކުރެވިއްޖެއެވެ.

ފެނަކައިން މި މައުލޫމާތު ހިއްސާކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ކުރި އިއުލާނެއް މެދުވެރިކޮށެވެ. ފެނަކައިން ހާމަކުރި ގޮތުގައި އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދޭ ރަށްރަށުގެ މަގުބައްތިތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް އިންސްޕެކްޓް ކުރެވުނުކަމަށެވެ.

މި އިންސްޕެކްޓުން ދެނެގަނެވުނު ގޮތުގައި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރިނުކޮށްކަން ފާހަގަކުރެވުނުކަމަށް އެ ކުންފުނިން ބުނެއެވެ. އީއެލްސީބީ ނުވަތަ އާތު-ލީކޭޖް ސާކިޓް ބްރޭކަރަކީ ކަރަންޓު ޝޮކުން ރައްކާތެރިވުމަށްޓަކައި ބިމުގެ އިމްޕީޑަންސް މަތި ކަރަންޓު ވިއުގާތަކުގައި ބޭނުންކުރާ ސަލާމަތީ ވަސީލަތެކެވެ.

މި މައްސަލައާ ގުޅިގެން މީގެ ފަހުން އެ ކުންފުނިން ދޭ ނަމޫނާ ކުރެހުމާ އެއްގޮތަށް ސަބް ޑީބީ ހަރުކުރެވިގެން މެނުވީ މަގުބައްތިތަކަށް ކަރަންޓު ދޫކުރުމުގެ ހުއްދަ އެ ކުންފުނިން ނުދޭނެކަމަށް ފެނަކައިން ބުނެއެވެ. އަދި މި ވާހަކަ މިހާރު ވާނީ އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ދޭ ރަށްރަށުގ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-