-Advertisement-

-Advertisement-

މާލޭގައި ފުލާ ދައިރާއެއްގައި ހަށިވިއްކަމުން ދިޔަ ދެއަންހެނެއް ހައްޔަރު ކޮށްފި

ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

މާލޭގައި ފުލާ ދައިރާއެއްގައި ހަށިވިއްކަމުން ދިޔަ ދެއަންހެނެއް ހައްޔަރު ކޮށްފިއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުންގެ އިންޓެލިޖަންސްއަށް މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބުމުން ރޭ ޓާސްކް ފޯސް އިން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާ ވިއެޓްނާމަށް ނިސްބަތްވާ 2 އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ 2 މީހަކު ވެސް އިމިގްރޭޝަނުން ވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިނގި ޚާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ބަންގްލަދޭޝްގެ ދެރައްޔިތެއް ހައްޔަރުކޮށްފައިވެއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު 6 މީހަކު މިއަހަރު މާޗް މަހުގައި އަތުލައިގަނެ ޑީޕޯޓްކޮށްލާފައިވާ ކަމަށާއި އެ 6 މީހުންނަކީ ވެސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބަގްލަދޭޝްގެ 6 މީހުން ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-