-Advertisement-

-Advertisement-

އަލިފާނުގެ ހާދިސާގައި ރޯވި ގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާތީވެ ވަގުތީ ބޯހިޔާވަހިކަން ދީފި

ފޮޓޯ: މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

މިއަދު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާތީވެ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

މާފަންނު ފުލޫނިޔާ މަގު އެލްސިއޯން ބޭކަރީ ކައިރީގައި ހުރި އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައި ހިނގާދިޔަ މިއަލިފާނު ހާދިސާގައި ރޯވި އެޕާޓްމަންޓު ވަނީ މީހުންނަށް ދިރިނޫޅެވޭނެ ވަރަށް އަނދާފައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މިއަދު  އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު އަލިފާނުގެ ހާދިސާގައި ރޯވި ފަންގިފިލާގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ވަނީ ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިފައި ކަމަށެވެ.

ރޯވި އެޕާޓްމެންޓްގެ ފޮޓޯ އެކްސްގައި އެމްއެންޑީއެފުން ހިއްސާކޮށްފައިވާއިރު،  ފޮޓޯތަކުން ފެންނަ ގޮތުގައި އެ އެޕާޓްމަންޓުގައި ހުރި އެނދާއި ސޯފާއާއި ބަދިގޭ ސާމާނު ފަދަ ހިފާގެންގުޅޭ ތަކެތި ހުރީ އެއްކޮށް އަނދާ ބޭނުންނުކުރެވޭ ވަރަށް ހަލާކު ވެފައެވެ.

މިހެންކަމުން އެންޑީއެމްއޭއިން އަންނަނި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އެންޑީއެމްއޭއިން އާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ސަން އޮންލައިން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލިފާން ރޯވި އެޕާޓްމަންޓަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން އެ އެޕާޓްމަންޓުގެ ސިޓިން ރޫމާއި ބަދިގެ ބައި އޮތީ އެއްކޮށް އަނދާފައި ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-