-Advertisement-

-Advertisement-

އަންހެނުންނަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ކޮންފަރެންސްއެއް ބާއްވަނީ

ފޮޓޯ: ޓްރެވެލް ޓްރޭޑް މޯލްޑިވްސް

އަންހެނުންނަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ހާއްސަ ކޮންފަރެންސެއް ބޭއްވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނިންމައިފިއެވެ.

މި ކޮންފަރެންސްގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް އަސަރުކުރާ މުހިންމު މައްސަލަތަކާމެދު މަޝްވަރާކޮށް އެކަމަށް އެދެވޭ ހައްލެއް ގެނައުން ކަމަށް މަޓާޓޯ އިން ބުނެފައިވެއެވެ.

މުޅިން އަންހެން ވާހަކަ ދެއްކުންތެރިންގެ މައްޗަށް އެކުލެވިގެންވާ ދެ ޕެނަލެއް މި ކޮންފްރެންސްގައި ކުރިއަށް ގެންދާނެ ކަމަށާއި މި ޕެނަލް ޑިސްކަޝަންގެ މައުޟޫއަކީ “އެޑްރެސިން ދަ ޑިސްޕެރިޓީ” އަދި “ކޮމްބެޓިން ސޮސައިޓަލް ސްޓިގްމާ” ކަމަށް މަޓާޓޯ އިން ހާމަކޮށްފައިވެއެވެ.

އޮގަސްޓު 19 ވަނަ ދުވަހު، ހޮޓެލް ޖެންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފެރެންސްގެ ސަބަބުން ދާއިރާގައި އަންހެނުންނަށް ދިމާވާ ހުރަސްތަކާމެދު ހޭލުންތެރިކަން އިތުރުވެ އަންހެނުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި އާ ފުރުސަތުތަކެއް ލިބުމުގެ މަގު ފަހިވާނެ ކަމަށް މަޓާޓޯއިން ބުނެފައިވެއެވެ.

“މި އިވެންޓުގައި އަންހެނުންނާ މެދު ހަމަހަމަކަން އާލާކުރުމާއި ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ހާއްސަކަން ދެވޭނެ”. މަޓާޓޯ އިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-