-Advertisement-

-Advertisement-

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގެ މެޗުތައް މިރޭ ފެށެނީ! ތާވަލް މިއޮތީ

ދުނިޔޭގެ ފުޓްބޯޅައިގައި ވޯލްޑް ކަޕަށްފަހު ގައުމީ ޓީމުތައް ކުޅޭ އެންމެ ވާދަވެރި އަދި ފޯރިގަދަ އެއް މުބާރާތް ކަމުގައިވާ ޔޫރޯގެ ކުއާޓާ ފައިނަލްގެ މެޗުތައް މިރެއިން ފެށިގެން ކުރިޔަށް ދާނެއެވެ.

ޔޫރޯ މުބާރާތުގައި އެންމެ ފަހުން ކުޅުނު ގަދަ 16 ގެ ބުރަށްފަހު ދެ ދުވަސް ވަންދެން އެއްވެސް މެޗެއް ކުޅެފައިނުވާ އިރު, ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ކުޅޭނީ މިއަހަރުގެ ހޯސްޓު ގައުމު ކަމަށްވާ ޖަރުމަނާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗެވެ. މިހާތަނަށް މި މުބާރާތުގައި ކުޅުނު އެންމެ ވަރުގަދަ ދެޓީމު ބައްދަލުކުރާ މި މެޗަކީ މި މުބާރާތުގައި ކުޅޭނެ އެންމެ ފޯރިގަދަ މެޗަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.  

މުބާރާތް ފެއްޓުނު އިރު ތަށި ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ދެޓީމު ކުއާޓާ ފައިނަލްގައި ބައްދަލުވެ އެތަނުން ކޮންމެވެސް އެއްޓީމެއް އަލްވަދާއު ކިޔަން ޖެހުމަކީ ބާކީ ތިބި ޓީމުތަކަށް މުބާރާތުގެ ތަށި ކާމިޔާބު ކުރުމަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.

ކުއާޓާ ފައިނަލުގައި ދެން އެންމެ ފޯރިގަދަ ވާނެ ކަމަށް ބެލެވޭ މެޗަކީ ޕޯޗުގަލް އަދި ފްރާންސް ބައްދަލުކުރާ މެޗެވެ. މި މެޗުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އޭނާ ކުޑައިރުއްސުރެ އެންމެ ބޮޑަށް ސަޕޯޓުކުރި ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދެކޮޅަށް ނުކުންނާނެއެވެ.

ކުއާޓާ ފައިނަލްގެ ކުޅުން ފަށާ ފުރަތަމަ ރޭގައި ދެމެޗު އޮންނަ އިރު ޖެހިގެން އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހު ކޮންމެ ރެޔަކު އޮންނާނީ އެއް މެޗެވެ.

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގެ ތާވަލް:

ސްޕެއިން – ޖަރުމަން (ހުކުރު ދުވަހުގެ ރޭ)

ޕޯޗުގަލް – ފްރާންސް (ހުކުރު ދުވަހުގެ ރޭ)

އިންގްލެންޑް – ސްވިޒަލެންޑް (ހޮނިހިރު ދުވަހުގެ ރޭ)

ނެދަލެންޑްސް – ތުރުކިޔޭ (އާދިއްތަ ދުވަހުގެ ރޭ)

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-