-Advertisement-

-Advertisement-

މާލޭގެ ސްޕާއެއް ރެއިޑްކޮށް ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފި

ފޮޓޯ: ސަންދާނު

ފުލުހުން މިރޭ ހިންގާފައިވާ ޚާއްސަ އޮޕަރޭޝަނެއްގައި މާލޭގެ ސްޕާއަކުން ދިވެހި ފިރިހެނަކާއި ތައިލެންޑު ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކަމުންދާކަމުގެ އިންޓެލް ފުލުހުންނަށް ލިބުމާއިއެކު، ފުލުހުން ވަނީ މިރޭ އެތަން ރެއިޑްކޮށްފައި ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާ ފާސްކޮށްފައިވާ އިރު، 55 އަހަރުގެ ދިވެހި ފިރިހެނަކާއި, ތައިލެންޑް ގެ 3 އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ތައިލަންޑަށް ނިސްބަތްވާ ތިން އަންހެނުންނަކީ 30 އަހަރުގެ 2 އަންހެނުންނާއި 28 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ވަނީ އިއްޔެރޭވެސް މާލޭގައ ފުޅާދާއިރާއަކަށް ހަށިވިއްކުމުގެ ވިޔަފާރި ކުރާ ދެ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައެވެ.

މާލެ ސަރަހައްދުގައި ހަށި ވިއްކުމުގެ ވިޔަފާރި ފުޅާވެފައިވާއިރު، މާލޭ ސަރަހައްދުން އެކަނި ވެސް އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށް ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވިއެވެ. އެގޮތުން އޭގެ ތެރެއިން ބައެއް ތަންތަނަށް ޓޫރިސްޓު ވިސާގައި ބިދޭސީން ގެނެސްގެން، އެ މީހުން ލައްވައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާ ތަންތަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-