-Advertisement-

-Advertisement-

އެމްއެންޔޫއިން ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ ދަރިވަރުން ކިޔެވުން ފުރިހަމަކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ. ފޮޓޯ: އަޙްމަދު މަސީޙު / ނިއުސްލެބް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެޑިސިން ސްކޫލުގައި ޑޮކްޓަރުކަން ކިޔަވައިދިނުމަށް ފެށި ފުރަތަމަ ބެޗުގައި ބައިވެރިވި ހުރިހާ ދަރިވަރުން ކާމިޔާބުކަމާ އެކު ކިޔެވުން ނިންމާލައިފިއެވެ.

މި ބެޗުގައި ޖުމްލަ 22 ކުދިން ކިޔަވައި އެންމެ ފަހު އިމްތިހާނުގައި ބައިވެރިވެފައިވެއެވެ. އެ ދަރިވަރުންގެ އިމްތިހާނު ނިމުނީ މިދިޔަ އަންގާރަ ދުވަހުއެވެ. ދަރިވަރުންގެ ނަތީޖާ އިއްޔެ ލިބިފައިވާ އިރު، ހުރިހާ ދަރިވަރުން ވަނީ ފާސްވެފައިކަމަށް މައުލޫމާތު ލިބެއެވެ. މި ދަރިވަރުން ދަސްވެނިވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހު އެމްއެންޔޫއިން ބާއްވާ ދަސްވެނިވުމުގެ ހަފުލާގައެވެ.

މި ދަރިވަރުންނަށް ތިއަރީގެ ފިލާވަޅުތައް ކިޔަވައިދިނުމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ޑޮކްޓަރުން އުޅުއްވިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މި ދަރިވަރުން ކްލިނިކަލް ޕްރެކްޓިސްތައް ކުރިއަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗް އަދި އޭޑީކޭގައިކަން ވެސް ފާހަގަކޮށްލެވެއެވެ.

މެޑިސިން ސްކޫލުގެ ޑީން ޑރ. ޝީޒާ އަލީ މީޑިއާތަކާ މުހާތަބުކުރައްވާ ވިދާޅުވީ މުޅިން އަލަށް މި ކަހަލަ ކޯހެއް ފަށައިގެން ކުރިއަށް ގެންދިއުމަކީ، ނުހަނު ގިނަ އައު ތަޖުރިބާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެން ކަމެއްކަމަށެވެ. އަދި އުނދަގޫ އެތައް ހާލަތެއް ދިމާވިކަމަށާއި އެ ހުރިހާ ކަމަކުން އަރައިގަނެވި ދަރިވަރުންނަށް މިހާ ހިސާބަށް ވާސިލުވެވުމަކީ ވަރަށް ބޮޑު ފަހުރެއްކަމުގައި ޝީޒާ ފާހަގަކުރެއްވިއެވެ.

އެމްއެންޔޫއިން މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން ޑޮކްޓަރުކަން ކިޔަވައިދިނުމުގެ ކޯސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށީ 2018 ވަނަ އަހަރެވެ. އޭގެ ފަހުން ފެށި 2 ވަނަ ބެޗުގެ ދަރިވަރުން ވެސް އަންނަ އޮކްޓޯބަރު މަހު ފަހު އިމްތިހާން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-