-Advertisement-

-Advertisement-

ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި ފްރާންސް އަދި ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވަރުވެ ޕެނަލްޓީ ޖަހައިގެން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗުގެ 90 މިނުޓާއި ވަގުތާއި އިތުރު ވަގުތުގެ ކުޅުންވެސް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 އަކުން އެއްވަރު ވެގެންނެވެ. އަދި ޕެނަލްޓީ ޝޫޓައުޓުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެންމެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކޮށްފައިވާއިރު, ޕޯޗުގަލްއަށް ޕެނަލްޓީ މިސްކޮށްލީ މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ކުޅުނު ޖޮއާއޮ ފީލިކްސް އެވެ.

މި ނަތީއްޖާއާއެކު 39 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ މުބާރާތް ނިންމާލައިފައިވަނީ އެއްވެސް ގޯލަކާ ނުލައެވެ. އޭނާއާއި އެޓީމުގެ 41 އަހަރުގެ ޑިފެންޑަރު ޕެޕޭ ދެން އެއްވެސް މުބާރާތަކުން ޕޯޗުގަލްގެ ގައުމީ ޓީމަކުން ފެންނާނެ ކަމަށް ނުބެލެއެވެ.

މި މުބާރާތުގައި މިހާތަނަށް ފްރާންސްގެ ފަރާތުންވެސް އެއްވެސް ރަނގަޅު ކުޅުމެއް ފެނިފައިނުވާއިރު އެޓީމު ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވަނީ ޕެނަލްޓީ އަކުން މެނުވީ އެޓީމުގެ އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން އެއްވެސް ގޯލެއް ނުފެނިއެވެ. ގަދަ 16 ވަނަ ބުރުގައިވެސް އެޓީމު މޮޅުވެފައިވަނީ އިދިކޮޅު ޓީމުން ވައްދާލި އޯން ގޯލަކުންނެވެ.

ސެމީ ފައިނަލުގައި ފްރާންސް ބައްދަލު ކުރާނީ ސްޕެއިން އާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-