-Advertisement-

-Advertisement-

ރާއްޖެ އެތެރެކުރާ ބައެއް ތަކެތިން ޑިއުޓީ އެލަވަންސް ކަނޑާލަން ނިންމައިފި

ކަސްޓަމްސް ބިލްޑިންގް

ވޭޕާއި އެނާޖީ ޑްރިންކް ފަދަ ތަކެތި ރާއްޖެއަށް އެތެރެ ކުރުމަށް ޤާނޫނުން ލިބިދޭ ލުއި ކަނޑާލަން ކަސްޓަމްސުން ނިންމައިފިއެވެ.

ކަސްޓަމްސްގެ ފަރާތުން ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އަޙްމަދު ނިޔާޒް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެސްއެމަށް ދެއްވި އިންތަވިއުއެއްގައި ވިދާޅުވީ ވޭޕާއި އެނާޖީ ޑްރިންކް ފަދަ ތަކެތި ރާއްޖެއަށް އެތެރެ ކުރުމަށް ޤާނޫނުން ލިބިދޭ ލުއި ކަނޑާލުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެންކަމަށެވެ. އަދި މި ގޮތަށް ނިންމާފައި ވަނީ އާންމު ޤަވާއިދަށް ގެނެވުނު 2 އިސްލާހަކާ ގުޅިގެންކަމަށް ނިޒާމް ވިދާޅުވެފައިވެއެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ނިޒާމް ފާހަގަކުރެއްވީ ރާއްޖެ އެތެރެ ކުރާ ބައެއް ތަކެތިން އިނާޔަތް އެއްކޮށް ކަނޑާލުމެވެ. އަދި ދެވަނަ އިސްލާހަކީ އަމިއްލަ ފަރާތްތަކުން ގެންނަ މުދަލަށް އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަނޑައަޅާފައިވާ ޑިއުޓީ މާފުވާ ވަރު މަތިކުރުން ކަމުގައި ނިޒާމް ފާހަގަކުރެއްވިއެވެ.

އެލަވަންސް ހުއްޓާލާ ބައެއް ތަކެތި:

  • ސިނގިރޭޓު
  • ވޭޕް
  • އެނާޖީ ޑްރިންކް
  • ޕްލާސްޓިކް ކޮތަޅު
  • ސިންގަލް ޔޫޒް ޕްލާސްޓި
  • އެއްގަމު އުޅަނދުފަހަރު

އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިއުޓީ މާއާފުވާ މިންވަރު 10،000ރ. އަށް ބޮޑު ކުރަން ނިންމާފައިވާކަމަށް ވެސް ނިޒާމް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-