އިނގިރޭސި ވިލާތުގެ ކޮންޒަވެޓިވް ޕާޓީގެ 14 އަހަރުގެ ދުވަސްވީ ވެރިކަން ވެއްޓިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުގައި ބޭއްވި އާންމު އިންތިހާބުގައި ކޮންޒަވެޓިވް ޕާޓީގެ މައްޗަށް ކުރި ހޯދާ އިންތިހާބު ކާމިޔާބު ކުރީ ލޭބާ ޕާޓީންނެވެ. ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާގެ މޭސްތިރިކަމުގައި އެ ޕާޓީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތަށް ބޭނުންވާ ވަރަށް ވުރެ އެތައް ގޮނޑިއެއް އިތުރަށް ހޯދައިފައެވެ.
ލިބިލެއްވި ބޮޑު ކާމިޔާބީއާ ވިދިގެން ސްޓާމާ ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މި ވަތުގަތީ މުޅި ގައުމު ވެސް ސިޔާސީ ފިކުރު އެއްފަރާތްކޮށް ރައްޔިތުންނަށް ހިދުމަތްކުރުމަށް ބަދަލުވާންވީ ވަގުތުކަމަށް ބޮޑުވަޒީރު ސްޓާމާ ވަނީ ވިދާޅުވެފައެވެ.
2010 ވަނަ އަހަރުއް ފެށިގެން އެ ގައުމުގެ ވެރިކަން ކުރި ޕާޓީ، ކޮންޒަވޭޓިވް ޕާޓީގެ ނާކާމިޔާބީގެ ޒިންމާ ރިޝީ ސުނަކް ވަނީ ނަންގަވާފައެވެ. އަދި ޕާޓީގެ މެންބަރުންގެ ކިބައިން އެ ބޭފުޅާ ވަނީ މާފަށް އެދިވަޑައިގެންފައެވެ.