-Advertisement-

-Advertisement-

އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީފޮތެއް ސްޓެލްކޯއިން ނެރިއްޖެ

"ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް" އިފްތިތާޙް ކުރުން؛ ފޮޓޯ/ސްޓެލްކޯ

ސްޓެލްކޯއިން ހިންގަމުން އަންނަ އިންޖީނުގެތައް ހިންގާނެގޮތާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ އަތްމަތީ ފޮތެއް ނެރިއްޖެއެވެ.

ސްޓެލްކޯގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމުގެ ގޮތުން، “ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް” މި ނަމުގައި ނެރުނު މި ފޮތް އިފްތިތާޙްކޮށްފައި ވަނީ، ސްޓެލްކޯގެ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ނިންމާލުމުގެ ގޮތުން ރޭ ބޭއްވި ހަފްލާގައެވެ.

އެ ޙަފްލާގައި މި ފޮތް އިފްތިތާޙް ކޮށްދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

351 ސަފްހާގެ މައްޗަށް އެކުލެވޭ މި ފޮތުގައި ސްޓެލްކޯގެ ޚިދުމަތުގެ ތާރީޙާއި، ތަސައްވުރާއި، އަމާޒުގެ އިތުރުން، އިންޖީނުގެތަކުގެ އޮނިގަނޑާއި، އިންޖީނުގެތަކުގެ މަސައްކަތްތަކާއި، ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުން ވެސް ކުންފުންޏާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނާފައެވެ.

ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް ރޭ ނެރުނުއިރު، ސްޓެލްކޯއިން ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު ބޭނުންކުރާ އިންޖީނުތައް ބަދަލުކޮށް ޒަމާނީ ފެންވަރަށް އާ އިންޖީނުގެތައް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ފަހުމީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެ އިންޖީނުތައް ބޭނުންކުރާނެ ގޮތް ރޭ ނެރުނު ފޮތުގެ ޒަރީއާއިން އެނގިގެންދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-