-Advertisement-

-Advertisement-

އީރާނުގެ އިންތިހާބީ އާ ރައީސްއަށް ރައީސް ޑރ.މުއިއްޒު މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު – ފޮޓޯ: ރައީސް އޮފީސް

އީރާނުގެ އިންތިހާބީ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.

މަސްއޫދު ޕެޒެޝްކިއާން ވަނީ އީރާނުގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. އިންތިހާބު ކާމިޔާބު ކުރެއްވީތީ ޕެޒެޝްކިއާން އަށް ތަހުނިޔާ ދަންނަވާ ރައީސް ވިދާޅުވީ ޕެޒެޝްކިއާންގެ ޒައާމަތުގައި ރާއްޖެ އާއި އީރާނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިރާންގެ ރައީސްއަށް ބަރުހަބާ ދަންނަވަމުން އިތުރަށް ވިދާޅުވީ އީރާނާއި މެދުއިރުމަތީގެ ކުރިއެރުމަށާއި ސުލްހަމަސަލަސްކަން ގާއިމްކުރުމަށް އީރާނުން ކުރަމުން އަންނަ މަސައްކަތަކަށް ކާމިޔާބީ ލިބުން އެދޭ ކަމަށެވެ.

އިރާނުގައި ބޭއްވުނު މިރިޔާސީ އިންތިހާބަކީ އެގައުމުގެ ރައީސަކަށް ހުންނެވި އިބްރާހިމް ރައީސީ މިދިޔަ މަހުގެ 19 ގައި އެމަނިކުފާނު ދަތުރުކުރެއްވި ހެލޮކޮޕްޓަރު ވެއްޓި އެމަނިކުފާނު އަވަހަރާވުމާއި ގުޅިގެން އެގައުމަށް އައު ރައީސަކު އިންތިހާބު ކުރެއްވުމަށް ބޭއްވި އިންތިހާބެކެވެ.

ހަ ކެނޑިޑޭޓުންނާ ވާދަކުރައްވައި މަސްއޫދު މިއިންތިހާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުންނެވެ. އެގޮތުން ޕެޒެޝްކިއާން ވަނީ ދެވަނަ ބުރުގައި 53.7 ޕަސެންޓް ހޯދާފައެވެ. އަދި ޕެޒެޝްކިއާން އާއި އެންމެ ގާތުން ވާދަކުރި ސައީދު ޖަލީލީ ވަނީ 44.3 ޕަސެންޓް ވޯޓު ހޯދާފައެވެ.

ޕެޒެޝްކިއާން އަކީ އުމުރުން 69 އަހަރުގެ ހިތުގެ ޑޮކްޓަރެކެވެ. ޕެޒެޝްކިއާން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި އީރާން އެކަހެރި ވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް ހުޅަނގާ އެކު ހަރުދަނާ ގުޅުމެއް ބިނާކުރަންޖެހޭ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

ޕެޒެޝްކިއާން އާއި އެންމެ ގާތުން ވާދަ ކުރި ސައީދު ޖަލީލީ އަކީ އީރާންގެ ނިއުކްލިއާ މަޝްވަރާތަކުގެ ކުރީގެ މަންދޫބެވެ. އަދި އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ ހުޅަނގާ ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-