-Advertisement-

-Advertisement-

ފުލުހަކާއި އޭނާގެ އާއިލާއަށް ގޭންގަކުން ބިރުދައްކަނީ

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

ފުލުހަކާއި އޭނާގެ އާއިލާއަށް ގޭންގަކުން ބިރުދައްކަމުން އަންނަ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަމުން އަންނަކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ގޭންގަކުން ބިރު ދައްކަމުން އަންނަނީ ހުޅުމާލޭގައި މަސައްކަތް ކުރާ ފޮރެންސިކް ފުލުހަކާއި އޭނާގެ އާއިލާއަށްކަމަށެވެ.

މީސް މީޑިޔާގައިވެސް ބޮޑު ސަމާލުކަމެއް ލިބިފައިވާ މި މައްސަލައާއި ގުޅިގެން ދައުރުވަމުން އަންނަ ޕޯސްޓްތަކުގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ގޭންގަކުން ފުލުހަކަށް ބްލެކްމެއިލް ކުރަމުންދާ ކަމަށާއި، އޭނާގެ އާއިލާއަށް ބިރު ދައްކައި އެނާގެ އަންހެނުންނަށްވެސް ފުރައްސާރަ ކުރަމުންދާ ކަމަށެވެ. އަދި މިކަން ކުރަނީ އޭނާގެ ދަރިފުޅުގެވެސް ކުރިމަތީގައިކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

އަދި މި މައްސަލަ އިތުރަށް ބަލަމުން އަންނަކަމުގައި ވިދާޅުވެ ފުލުހުން ވަނީ މި މައްސަލައާއި ނުރައްކާތެރި ކުށްކުރާކަމަށް ތުހުމަތުކުރެވޭ އެއްވެސް ގްރޫޕެއް ނުވަތަ ނެޓްވޯކަކާ، ނުވަތަ އެފަދަ ކުށަކާ އެކަމާ ގުޅުމެއް އޮތްކަމަކަށް މިހާތަނަށް ފާހަގަ ކުރެވިފައިނުވާކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ފުލުހުންނަށް ބިރުދައްކާ އިންޒާރުދޭ މައްސަލަތައް ފެންމަތިވެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-