މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި މި މައްސަލައިގައި އިއްޔެ ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ.
އެގޮތުން ފުލުހުން ވިދާޅުވީ، ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އަންގާރަ ދުވަހު ހިނގި މިހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ ބައެއް ގެތަކުން ވަނީ ކަރަންޓްވެސް ކެނޑިފައެވެ.