ޙިޖުރީ އައު އަހަރުގެ ތަޙުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
1446 ވަނަ ޙިޖުރީ އައު އަހަރުގެ ތަހުނިޔާ ދަންނަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށް ވަކިވަކިން ތަހުނިޔާ ދަންނަވާފައެވެ.
އެމަނިކުފާނު ވަނީ މި އާ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްލާމީ އަހުންނާއި އުހުތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަން ގެނެސްދެއްވުމަށް އެދި އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށް ދަންނަވާފައެވެ.
ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އެތައް ބިދޭސީއަކު ދިރިއުޅެމުންދާ ކަމަށާއި މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމައުވަނީ އިހުމާލުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ހަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަހުލުވެރިވާން ރައީސް ވަނީ އެދިލައްވާފައެވެ.
ޙިޖުރީ އައު އަހަރުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ތަހުނިޔާ ދަންނަވާފައިވާއިރު، އެމިނަކުފާނު ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މާތްاللهގެ ރަހްމަތާއި ބަރަކާތް ލެއްވުމަށާއި އިސްލާމީ އުންމަތުގެ ސުލްހަމަސަލަސްކަމާއި އެއްބައިވަންތަކަމާއި އުފާ ފާގަތިކަމަށްޓަކައި ގައުމުތަކުގެ ގުޅުން ވަރުގަދަކުރެއްވުން އެދި މާތްﷲ ގެ ހަޛްރަތުގައި ދުއާ ދަންނަވާފައިވެއެވެ.