-Advertisement-

-Advertisement-

ބަސް ދެމިއޮތުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ލިޔުންތެރިން: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

ދިވެހިބަސް ދެމިއޮތުމާއި ކުރިއެރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުވައި އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިބަހުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވޭ މަސައްކަތުގައި ކިޔުންތެރިން އަދާކުރަނީ މުހިއްމު ދައުރެއް ކަމަށާއި އެ ފަރަތްތަކުގެ ދައުރު ބޮޑުވެސްމެ ކަމުގައެވެ.

އަދި ލިޔުންތެރީންނަކީ ދިވެހިބަސް ދިރުވައި އާލާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތްތައްކަމުގައިވެސް ރައީސްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅުއްވާފައިވަނީ “ތަހުޒީބު މުޖުތަމަޢެއް ދެމެހެއްޓުމަށްޓަކައި ލިޔުންތެރިންގެ ދައުރު މުހިންމު” މި ޝިއާރެވެ.

ދިވެހި ލިޔުންތެރިންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ ޖުލައި މަހެއްގެ 8 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-