-Advertisement-

-Advertisement-

މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެ އާއި ރޫމާނިއާ މަޝްވަރާކޮށްފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެ އާއި ރޫމޭނިއާއިން މަޝްވަރާކޮށްފިއެވެ.

ރުމޭނިއާ އިން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު ސްޓެލުޓާ އާރިޔާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ދެ ގައުމު ގުޅުން އިތުރަށް ބަދަހު ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާއި ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާކުރުމާއި ދެޤައުމަށް ފައިދާހުރި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ރޫމޭނިއާއިން ކަނޑައަޅާފައިވާ އާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމުން އެމަނިކުފާނު ވަނީ ރޫމޭނިއާގެ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

ރާއްޖެއާ ރޫމޭނިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރުގެ ނޮވެންބަރު މަހުގެ 01 ވަނަ ދުވަހު 45 އަހަރު ފުރޭނެއެވެ.

ރާއްޖެއަށް ކަނޑައަޅުއްވާފައި ރޫމޭނިއާ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރެއްކަމުން އެކަމަނާ ހުންނަވާނީ ސްރީލަންކާ ކޮލަންބޯގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-