-Advertisement-

-Advertisement-

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުން ކަނޑައަޅައިފި

ފޮޓޯ: އެމްއޭސީއެލް

ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ނެޓްވޯކިން ބައްދަލުވުން އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުން އެމްއޭސީއެލް އިން މިއަދު އިއުލާންކޮށްފިއެވެ.

އެމްއޭސީއެލް އިން މީޑިއާތަކަށް ހިއްސާކޮށްފައިވާ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހޯސްޓްކުރާ މިކޮންގްރެސްގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ؛

  • އޭވިއާ މޯލްޑިވްސް
  • މާގިރި ހޮޓެލް
  • ސްކައިޓުއަރސް މޯލްޑިވްސް
  • ވިލާ ޓްރެވަލްސް
  • މޯލްޑިވްސް ފްލައިޓް ސަޕޯޓް

ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންފަރެސް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގައި މި ކޮންފަރެންސް ބޭއްވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އެކު ބައިވެރިވާ ފަރާތްތަކަކީ؛

  • ރިސޯޓް ޕާޓްނަރުން: ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ސައީ ލެގޫން
  • ވެނޫ ޕާޓްނަރ: ކުރުނބާ މޯލްޑިވްސް
  • ޑިޖިޓަލް ޕާޓްނަރ: ދިރާގު
  • ސީޕްލޭން ޕާޓްނަރ: ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީ.އެމް.އޭ)
  • އެއަރލައިން ޕާޓްނަރ: އެމިރޭޓްސް އެއަރލައިން
  • އޭވިއޭޝަން ޕާޓްނަރ: މޯލްޑިވިއަން
  • މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، ޓްރެވަލް ޓްރޭޑް މޯލްޑިވްސް، ހޮޓެލިއަރ މޯލްޑިވްސް، ދަ އެރައިވަލް އަދި ޓްރެވަލިއުޝަން މީޑިއާ

އެންޑޯސްމަންޓް ޕާޓްނަރުން:

  • މިނިސްޓްރީ އޮފް ޓޫރިޒަމް
  • މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ)

މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެއަރސަރވިސް ވޯލްޑް ކޮންގްރެސްއަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، މި ކޮންގްރެސްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އެއަރޕޯޓުތަކާއި އެއަރލައިންތައް ބައިވެރިވާނެއެވެ. އަދި ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ އިސްމަންދޫބުންނާއި ޓުއަރިޒަމް ބޯޑުތަކުން ވެސް ބައިވެރިވާނެކަމަށް އެމްއޭސީއެލް އިން ހާމަކޮށްފައިވެއެވެ.

މި ކޮންގްރެސްގެ ރަސްމީ ހަރަކާތްތައް މިމަހު 10 އިން 11 އަށް ކުރުނބާ މޯލްޑިވްސް ރިސޯޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންފަރެސްގެ އިތުރު އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  ޝެރެޓަން މޯލްޑިވިސް، އަދި ކޮރޮސް ރޯޑްސްގެ ސައީ ލެގޫންގައި ކަމަށް އެމްއޭސީއެލް އިން ހާމަކޮށްފައިވެއެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ނެޓްވޯކިން ބައްދަލުވުން އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ރާއްޖޭގައި ބޭއްވުމުން ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ. 2010 ވަނަ އަހަރު ފުރަތަމަ ފަހަރަށް މި ކޮންފަރެންސް ބާއްވާފައިވާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިފަހަރު ހޯސްޓް ކުރުމަށް ހަމަޖެހިފައިވަނީ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ގެ 7 ވަނަ ކޮންފަރެންސް އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-