-Advertisement-

-Advertisement-

ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުން ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަވެއްޖެ

ސަރުކާރުން ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތަށް ރިއާއަތްކޮށް މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުން ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ މަލީ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އެންމެ ބުރަ ބޮޑު ރިކަރަންޓު ހަރަދުތައް ހުރީ 14.2 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާކިޔާއިރު، 900 މިލިއަން ރުފިޔާ ވަނީ ދަށްވެފައެވެ.

މިމުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ބައެއް ހަރަދުތަކުގެ މާލީ ހިސާބަށް ބަލާލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މުސާރަ އާއި ޕެންޝަން ދިނުމަށް އެކަނި 5.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މި އަހަރުގެ އެ މުއްދަތާ ހަމައަށް އެ އަދަދު ވަނީ 5.5 ބިލިއަނަށް ދަށްވެފަ އެވެ. އެއާއިއެކު މިމުއްދަތުގެ ތެރޭގައި ދައުލަތުން މުސާރަ އަށް ކޮށްފައިވާ ހޭދަ ވެސް ވަނީ ދަށްވެފަ އެވެ.

މީގެއިތުރުން، އާސަންދަ އާއި ސަބްސިޑީ ދޭން ކޮށްފައިވާ ހަރަދު ވެސް މިދިޔަ އަހަރާ ބަލާއިރު ވަނީ ކުޑަކަން ފާހަގަކުރެވެއެވެ. އެގޮތުން، މިދިޔަ އަހަރު 1.1 ބިލިއަން ރުފިޔާ އާސަންދަ އަށް ހަރަދުވެފައިވާ އިރު، ޖޫން 20 އާ ހަމައަށް އެ އަދަދު ވަނީ 900 މިލިއަނެއްހާ ރުފިޔާއަށް ދަށްވެފަ އެވެ. އަދި މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާގައި ހުރި ސަބްސިޑީއަށް ކުރި ހޭދަ، މި އަހަރުގެ 1.7 ބިލިއަން ރުފިޔާއަށް ވަނީ ކުޑަވެފައެވެ.

ހަމައެއާއެކު މި އަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުތައް ވެސް ވަނީ ތިން ބިލިއަނެއްހާ ރުފިޔާއިން ދަށްވެފައިކަން ފާހަގަކުރެވެއެވެ. އެގޮތުން، މިދިޔަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ޓެކްސް އާމްދަނީ އިތުރުވެފައި ވިޔަސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، ޖުމްލަ އާމްދަނީ ވަނީ ދަށްވެފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-