-Advertisement-

-Advertisement-

ސަރުކާރުން ނުދައްކާ އޮތް ފައިސާ ހޯދަން އޭޑީކޭއިން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފި

ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

ނިމިދިޔަ ދައުރުގައި ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ނުދައްކާ އޮތް 144 މިލިއަން ރުފިޔާ ހޯދުމަށް އެހީތެރިކަމަށް އެދި އޭޑީކޭއިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސިޓީއެއް ފޮނުވައިފިއެވެ.

އޭޑީކޭއިން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި އޭޑީކޭއިން ސަރުކާރުގެ މުއައްސަސާތަކަށް ދީފައިވާ ހިދުމަތްތަކާއި އާސަންދަ އަދި ވިރަ ވެލްފެއާ ސްކީމްގެ ދަށުން ދީފައިވާ ހިދުމަތްތަކަށް ބިލް ފޮނުވި ނަމަވެސް ފައިސާ ނުލިބޭތާ އެތައް މަހެއް ވެފައިވާ ބިލު އެބަ ހުއްޓެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ސަރުކާރުން އޭޑީކޭއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 144،376،122 ދިވެހި ރިފުޔާއަށް އަރާނެކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ފައިސާ ނުދައްކާތާ 90 އަށް ވުރެ ގިނަ ދުވަސްވެފައިވާ 78،555،528 ރުފިޔާ ހޯދުމަށް މަޖިލީހަށް ވެވެން އޮތް އެހީތެރިކަމެއް ވެދިނުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އެ ސިޓީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހެވެ. މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ނިންމީ މިހާރު އޭގެ ތެރެއިން ލިބިފައި ވަނީ ކިހާ ފައިސާއެއްތޯ ނުވަތަ ނުލިބި އިތުރުވެފައި ވަނީ ކިހާވަރެއްތޯ ސާފު ކޮށްދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ސިޓީއެއް ފޮނުވުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-