-Advertisement-

-Advertisement-

މާލޭގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލުން، 3 މީހުން ހައްޔަރުކޮށްފި!

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

މާލޭގައި މީހަކު ރަހީނު ކުރުމަށް ފަހު އެ މީހާގެ އިނގިއްޔެއް ބުރިކޮށްލައިފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، މާލޭގައި މީހަކު ރަހީނު ކުރުމަށް ފަހު އެ މީހާގެ އިނގިއްޔެއް ބުރިކުރި މައްސަލާގައި ތިން މީހަކު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރު ކޮށްފައިވާކަމަށެވެ.

އެގޮތުން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ، 23 އަހަރާއި، 21 އަހަރާއި، 18 އަހަރުގެ ދިވެހި ފިރިހެނުންތަކެކެވެ.

އަދި މި މައްސަލައިގެ ޝަރީޢަތް ނިމެންދެން އެ ތިން މީހުންވެސް ބަންދުކުރުމަށް އިއްޔެ އެ ކޯޓުން ކުރި އަމުރުގައި ބުނެފައިވެއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މީހެއްގެ ގައިގައި ޖެހުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތު މި ތިން މީހުންގެ މައްޗަށް ކޮށްފައި ވާއިރު، އެ ތިން މީހުންނަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބަހަށްޓަންޖެހޭ ތިން މީހުން ކަމުގައި ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ ތިން މީހުންނަކީވެސް ރަހީނު ކުރި މީހާއާއި އެއް ތަނެއްގައި މަސައްކަތް ކުރާ ތިން މީހުން ކަމުގައިވެސް ފުލުހުން ބުނެފައުވެއެވެ.

އެހެން ނަމަވެސް ޝަރީޢަތުގައި މި ތިން މީހުން ވެސް ކޯޓުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާގެ އިނގިލި ބުރިވީ، ޕަވަޓޫލެއް ބޭނުން ކުރަނިކޮށް ކަމަށެވެ.

އިތުރަށް ކޯޓު އަމުރުގައި ބުނެފައިވަނީ، މި ތިން މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި، ތަހުގީގީ ބަޔާންތަކާއި ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓާއި އަދި އެ ނޫން ވެސް ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-