-Advertisement-

-Advertisement-

އެމްއެމްޕީއާރްސީ ގެ ޑީއެމްޑީ ބައްސަމް މަޤާމުން ވަކިކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ) ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ގެ މަޤާމް ފުރުއްވަމުން ގެންދެވި ބައްސާމް އާދަމް އެ މަޤާމުން ވަކިކޮށްފިއެވެ.

މި ނިންމުމަކީ އެމްއެމްޕީއާރްސީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި އެ ނިންމުމުގެ ދަށުން ބަޔަކު ވަޒީފާއިން ވަކ ކުރީ ނޫން ކަމަށާއި ކުންފުނީގެ ބައެއް މަޤާމްތައް އުވާލަން ނިންމީކަމުގައިވެސް އެ ކުންފުނިން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ޗެއާޕާސަންކަމުގައި ކުރިން ހުންނެވި އައިޝާ ނޫރައިން ޖަނާހް އިސްތިއުފާ ދެއްވި ފަހުން އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު (ކުޑީ) މަގާމުން ވަކިކުރުމުން ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރީ ބައްސާމާއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް އިބްރާހިމް ޝިއުރީ އައްޔަންކުރުމާ ހަމައަށް ކުންފުނި ހިންގެވީ ބައްސާމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-