-Advertisement-

-Advertisement-

ސިޔާސީ މަގާމުތައް މަދުކުރުން މާ ރަނގަޅުވާނެ: ފައްޔާޒު

އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް. ފޮޓޯ: މުހައްމަދު ޝާބިން / ނިއުސްލެބް

ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ވުރެ އިސްކަންދޭންވީ ސިޔާސީ މަގާމުތައް މަދުކުރުމަށްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މި ފަދައިން ފައްޔާޒް ވިދާޅުވެފައިވަނީ ޕީއެންސީގެ ފަރާތުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީސް ހިމެނޭހެން ގިނަ މަގާމުތަކެއްގެ މެންބަރުންގެ އަދަދު މަދުކުރައްވަން ނިންމަވާފައިވާކަން އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. މީގެ އިތުރުން ރައީސް ވަނީ މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުއެކީގައި ބާއްވަން ހުށަހަޅުއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސްގެ މި ނިންމެވުމަކީ “ދެބޯގެރި” ކުޅުން ފަދަ އަމަލެއްގެ ގޮތުގައި ފައްޔާޒު ވަނީ ސިފަކުރައްވާފައެވެ. އަދި ރައްޔިތުން ބަލައިގަންނާނެ ފަދަ ހަރުދަނާ ބަދަލުތަކަށް އެމްޑީޕީން މަރުޚަބާ ކިޔާނެކަމަށް ވެސް ފައްޔާޒް ވަނީ ވިދަޅުވެފައެވެ.

ގައުމުގެ އިޤްތިޞާދީ ހާލަތަށް ރިޢާޔަތްކޮށް، ސަރުކާރުން ގެންނަން ހުށަހަޅާފައިވާ މާލީ ބަދަލުތަކުގައި އިޚުލާސްތެރިކަމެއް ނެތްކަމަށް ވެސް ފައްޔާޒު ވަނީ ތުހުމަތުކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-