-Advertisement-

-Advertisement-

ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ “މަރުޙަބާ ބިނާ” ހުޅުވާލައިފި

ފޮޓޯ: އެމްއޭސީއެލް

ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ “މަރުޙަބާ ބިނާ” މިއަދު ހުޅުވާލައިފިއެވެ.

ސިނަމާލެ ބްރިޖުން ފައިބައިގެން ހުޅުލެއަށް އަރާ ދިމާލުގައި ހަދާފައިވާ ވެލެނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ “މަރުހަބާ ބިނާ” ގައި ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަން ބޯޑެއް ހަރުކުރެވިފައިވާއިރު، ލެޑް ސްކްރީންއެއްވެސް ހަރުކުރެވިފައިވެއެވެ. އެމްއޭސީއެލް އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ލެޑް ސްކްރީން މެދުވެރިކޮށް އެއާޕޯޓްގެ އެންމެ ފަހުގެ ޚަބަރުތަކާއި މައުލޫމާތު ޚިއްސާ ކުރެވިގެން ދާނެއެވެ.

ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހެދި މި ބިނާގައި ދިވެހި ގަލުވަޑާމުގެ ޑިޒައިން ބޭނުންކޮށްފައިވާއިރު، މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މިމަރުހަބާ ބިނާ ހުޅުއްވައި ދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފެވެ.

ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަޝްރޫޢަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތް ކުރާ މީހުންނަށް ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް ވީއައިއޭއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ފަސިންޖަރުންނަށް ފަސޭހަކުރުމަށްޓަކައި އެއަރޕޯޓުގެ ތެރޭގައި ދުއްވާ އުޅަނދުފަހަރުގެ ދަތުރުފަތުރުގެ ނިޒާމު އަލުން ފަރުމާކުރެވިގެންދާނެ އެވެ. އެގޮތުން ފަސިންޖަރުން އަރައި ފޭބޭ ތަންތަނަށް ގެނެވޭ ބަދަލުތައްވެސް ހިމެނޭ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެއްބައި އަންނަ ނޮވެމްބަރު މަހު ނިންމައި ހިދުމަތް ދޭން ފަށިގެންދާނެއެވެ. އާ ޓާމިނަލް އެއްކޮށް ނިމި ބޭނުންކުރެވެން ފެށުމުން އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވެން ފެށޭނެއެވެ. ވީއައިއޭ އިން މިހާރު ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ އެއާލައިނަށް ހިދުމަތް ދޭއިރު، އާ ޓާމިނަލް ނިމުމުން އިތުރު އެއާލައިންތަކަށް ވެސް ފުރުސަތު ދެވިގެން ދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-