-Advertisement-

-Advertisement-

ޒިފްލީނާ 3.5 މިލިއަން ރުފިޔާއަށް ފްލެޓެއް ބައްލަވައިގެންފި

ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން 3.5 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގެންފި އެވެ.

ޒިފްލޫނާ ބައްލަވައިގަތީ ހުޅުމާލެ އެފްޑަބްލިއު ރެސިޑެންސްއިން 1200 އަކަފޫޓުގެ ފްލެޓެކެވެ.

ސިވިލް ކޯޓުން ވަނީ ޒިފްލީނާ އެ ފްލެޓްގެ އަގަށްވާ ފައިސާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެއްކޮށް ދައްކާފައިވާތީ އެ ފްލެޓް އޭނާއަށް މިލްކުވެފައިވާ ކަމަށް ޙުކުމް ކޮށްފައެވެ.

ކުރީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އެމްޑީޕީގެ ބައެއް މަގާމުތައް ޒިފްލާނާ އަދާ ކުރައްވާފައިވާއިރު، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓްގައި ޒިފްލީނާ ވަނީ ތިނަދޫ ދެކުނު ދާއިރާ އަށް ވެސް ވާދަކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-