-Advertisement-

-Advertisement-

19 އަހަރާއި 39 އަހަރާ ދެމެދު މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެހިއްޖެ

އާސަންދަ ކޮމްޕެނީ ލިމިޓެޑް – ފޮޓޯ: އެމްވީޕްލަސް

އާސަންދަ ސްކީމްގެ ދަށުން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެހިއްޖެއެވެ.

އާސަންދައިން އިއްޔެ ހާމަކުރި ގޮތުގައި ސަރުކާރުގެ “ހަފުތާ 14” މަގުޗާޓުގައި ހިމަނައިފައިވާ، ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ތަންފީޒު ކުރަން ފަށާފައިވާ ސިޔާސަތާ އެއްގޮތަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 19 އަހަރާއި 39 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދަން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ 50 އަހަރުން މަތީގެ މީހުންނަށެވެ. އޭގެފަހުން މި އަހަރުގެ އޭޕްރީލް މަހު 35 އަހަރުން މަތީގެ މީހުންނަށް ފުރުސަތު ހުޅުވާލިއެވެ. އަދި އޭގެ ފަހުން 18 އަހަރުން ދަށުގެ ކުދިންނަށް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ސްކްރީނިން ހެދޭނެ އިންތިޒާމް ހަމަޖެހިގެންދިޔައެވެ.

އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ އުސޫލު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެފައިވާ ގޮތުގައި ޒުވާން އުމުރުގައި ވެސް ބޮޑެތި ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިއަސް، މެޑިކަލް ޗެކަޕް ހެދުމަކީ ޒުވާނުން އެހާ ސަމާލުކަން ދޭ ކަންކަމެއް ނޫންކަން ފާހަގަކުރެވިފައިވާކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-