-Advertisement-

-Advertisement-

ވަގަށް އެތެރެކުރި ވެހިކަލްތަކެއް ދައުލަތަށް ނަގަން ހުކުމްކޮށްފި

ކަސްޓަމްސް ބިލްޑިންގް، މާލެ.

ކަސްޓަމްސްގެ ޤާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކުރި ވެހިކަލްތަކެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ވެހިކަލްތަކަކީ ވަގަށް އެތެރެކޮށްފައިވާ ވެހިކަލްތަކެއްކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައިގައި ކަސްޓަމްސުން ވަނީ ސިވިލް ކޯޓުގައި ދައުވާއެއް އުފުލާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ވެލިކަލްތައް ނެރެފައިވަނީ އަމިއްލަ ފަރާތަކުން ޕްލައިވުޑް އަދި ޓިމްބާ ގޮތުގައި ޑިކްލެއާކޮށް، އެމްޕީއެލް ބަނދަރުން ނެރެގެން ގެންދިޔަ ދެ ކޮންޓެއިނަރަކުންނެވެ. އެ ދެ ކޮންޓެއިނަރުން ނެރެފައިވަނީ ޖުމްލަ 22 ވެހިކަލާއި ސްޕެއާ ޕާޓްސްތަކެކެވެ.

މި ކަން ކުރިކަމަށް ދައުވާ ލިބޭ މީހާ ކޯޓުގައި އެ ކަމަށް އިންކާރުކޮށްފައިވީ ނަމަވެސް އޭނާގެ މައްޗަށް މައްސަލަ ތަޙުޤީޤުގައި ވަނީ ސާބިތުވެފައެވެ. އެހެންކަމުން ކަސްޓަމްސްއިން ކޯޓުގައި އެދިފައިވަނީ އެ މުދާ ދައުލަތަށް ނަގައިދިނުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-