ރާއްޖޭގައި އުޅޭ ދެ ބިދޭސީއަކު ހޯދުމަށް އިމިގްރޭޝަނުން އިއުލާނުކޮށްފިއެވެ.
އިމިގްރޭޝަނުން ހޯދުމަށް އިއުލާނުކޮށްފައިވަނީ، އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރަމްޗަންދްރާ ޕްރަޖަޕަތީ (44އ) އާއި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަހުމަދު ފަސާޔިރު މުޙައްމަދު ޖަލީލު (33އ) އެވެ.
މި ދެމީހުން ހޯދާ ވަކި ސަބަބެއް އިމިގްރޭޝަނުން އަދި ހާމަކޮށްފައި ނުވާއިރު، މި ފަހުން އައިސް ރާއްޖޭގައި ޤާވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދައި އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.
އެގޮތުން ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރަމުންދާ ގިނަ އަދަދެއްގެ ބިދޭސީންތަކެއް މިހާރުވެސް ހިފަހައްޓާ އިމިގްރޭޝަންގެ ބެލުމުގައި ދަށުގައި އެބަތިއްބެވެ.
އިމިގްރޭޝަނުން ވަނީ، މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ވާނަމަ 9199017 އަށް ގުޅައި ނުވަތަ risk@immigration.gov.mv މެއިލްކޮށް އެކަން ހިއްސާ ކުރުމަށް އެދިފައެވެ.