އިއްޔެ މާލެ، ގަލޮޅު ކަންމަތީގައި އޮތް ވޭންގައި އެއްޗެއް ގޮވައި ބާރުގަދަ އަޑެއް އިވުނު ހާދިސާ ހިނގީ ގޮވާ ޒާތުގެ އެއްޗަކުން ނޫކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
https://x.com/MNDF_Official/status/1810700589082493269
އެގޮތުން އެމްއެންޑީއެފުން ވިދާޅުވީ، އިއްޔެ 12:55 ހާއިރު ގަލޮޅު ރެހެންދި ހިނގުމުގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި އެއްޗެއް ގޮވި ކަމުގެ ރިޕޯޓެއް ލިބުމާއެކު ޢަމަލުކުރަމުން އަންނަ ޕްރޮސީޖަރތަކާއި އެއްގޮތަށް ބެލިބެލުންތަކުން ވެހިކަލް ކައިރިން އިވުނު ބާރު އަޑަކީ ވެހިކަލްގެ ހައިޑްރޯލިކް ޖެކަށް ދިމާވި މައްސަލައަކުން އުފެދުނު ޕްރެޝަރ ބްލާސްޓެއްކަން ވަނީ ޔަޤީންކުރެވިފައި ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ސިފައިންގެ ބޮން ސޮކޮޑުންވެސް ވަނީ ހަރަކާތްތެރިވެފައިއެވެ.