-Advertisement-

-Advertisement-

ޢާއިލާ މެމްބަރަކަށް ނާޖާއިޒު މަންފާއެއް ހޯދައި ނުދޭނަން: ވަޒީރު ޝަހީމް

އިސްލާމިކް މިނިސްޓާރ ޑރ.ޝަހީމް

ޢާއިލާ މެމްބަރަކަށް ނާޖާއިޒު މަންފާއެއް ހޯދައި ނުދޭނަން: ވަޒީރު ޝަހީމް

ވަޒީރުކަމުގައި ހުންނެވުމުގެ ނާޖާއިޒު ފައިދާއާއި މަންފާއެއް ޢައިލީ ފަރާތަކަށް ހޯޑައި ނުދެއްވާނެ ކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމްގެ ދަރިކަލުންނަށް ލައްކައަކަށްވުރެ ބޮޑު މުސާރައަކާއެކު  މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީ އިން ވަޒީފާ ހަމަޖެހުނުތާ ދުވަސްކޮޅެއް ފަހުން، އެމަނިކުފާނުގެ އްކޮއަށް ޓްއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މި ނިމުނު ހަފްތާގައި ދިނުމާއި ގުޅިގެން އަމާޒުވަމުން އަންނަ ފާޑު ކިޔުންތަކަސް ރައްދު ދެއްވައި ވަޒީރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ވަޒީރުގެ ދަރިއަކު ނުވަތަ އާއިލާ މެންބަރަކު ކަމުގައި ވީނަމަވެސް، ކިޔަވައިގެން ހުރި ދާއިރާއަކުން ހިދުމަތްކުރަން އެމީހަކަށް ލިބޭ އެއްވެސް ފުރުސަތަކީ ވަޒީރުގެ ބާރާއި ނުފޫޒު ނުވަތަ މަގާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން ހޯދައިދޭ ފުރުސަތަކަށް ނުވާނެ ކަމަށެވެ.

އެގޮތުން ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވައިފައެވެ.

މެލޭޝިއާގެ އެމްބަސީގެ ވަޒީފާއަކަށް އައްޔަންކުރި ޝަހީމްގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް ތައުލީމް ހާސިލް ކުރެއްވަނީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީންނެވެ.

މާލީ ހާލަތު ގޯސްވެ، ރައީސް މުއިއްޒު ވަނީ ސިޔާސީ މަގާމުތައް މަދުކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ. އެކަމަކު، އޭގެ ފަހުން ވެސް ސިޔާސީ ބައެއް މަގާމުތަކަށް އެކިއެކި ބޭފުޅުން ވަނީ އައްޔަންކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-