ރާއްޖޭގައި ބޭނުންކުރަމުން އަންނަ ބެޓް ކުރާ ސައިޓްތައް ބްލޮކް ކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ބެޓުކުރުމަށް ރާއްޖޭގައި ޖުމުލަ 4 ސައިޓެއް ބޭނުން ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ހަތަރު ސައިޓްވެސް ބްލޮކްކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް މިހާރު ހުށަހަޅައިފައި ވާނެކަމަށެވެ.
އެގޮތުން މިހާރު އޭގެ ތެރެއިން “ކިރާ ޑޮޓް ކޮމް” ކިޔާ ސައިޓެއް ބްލޮކް ކުރެވިފައި ވާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ބެޓް ކުރާ ސައިޓްތަކުން ލާރި ހޯދުމަކީ ދިވެހީންގެ ތެރޭގައި މިހާރު ވަރަށް އާންމު ކަމެކެވެ. ޚާއްސަކޮށް ސްޕޯޓްސް ބެޓިންއަކީ ޒުވާނުންގެ ވަރަށް ފޯރިއާއެކު ކުރަމުން އަންނަ ކަމެކެވެ.
ދީނީ ގޮތުންވެސް ހުއްދަ ނޫން މިފަދަ ސައިޓްތަކަށް ހޭދަކޮށް ގިނަ ދިވެހިން އަންނަނީ އެތަށް ފައިސާއެއް އިސްރާފު ކުރަމުންނެވެ.
އެގޮތުން ޖުވާއަށް މަގުފަހި ވާފަދަ ސައިޓްތަކާއި ގޭމްތަކުގެ ލިންކްތައްވެސް މިހާރު ސޯޝަލް މީޑިއާ އާއި ޓެލެގްރާމް ގުރޫޕްތަކުގައި އަންނަނީ ދައުރުކުރަމުންނެވެ.