-Advertisement-

-Advertisement-

އިމިގްރޭޝަން ރެއިޑް އޮޕަރޭޝަން: ހަތަރު ތަނެއް ފާސްކޮށް ހަ މީހަކު ހިފަހައްޓައިފި

ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ގާވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން އަނެއްކާވެސް ހަ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި އެއިދާރާއިން ރޭ ކުދި ފިހާރަތެކެއް ފާސްކުރުމަށްފަހު ހަ މީހަކު ހިފަހައްޓާފައިވާ ކަމަށެވެ.

ރޭގެ ރެއިޑްގައި ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުގެ ތެރެއިން ހަތަރު ތަނެއް ފާސްކޮށް ހަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފަސް ފިރިހެނަކާއި އަންހެނަކު ކަމަށެވެ.

ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މާލެތެރޭގައި ހިންގާ ދެ މާރުކޭޓެއް ދެ ފަހަރެއްގެ މަތިން ރެއިޑްކޮށް، އެތަނުގެ ގޮޅިތަކުގައި ވިޔަފާރި ހިންގާ ބިދޭސީން އަތުލައިގެންފައިވެ އެވެ. އަދި ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ ބޮޑެއް މިދިޔަ ހޯމަ ދުވަހުގެ ރޭ ހޯދައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އިމިގްރޭޝަނުން ފުލުހުންނާއި ގުޅިގެން ޖޫން މަހު ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ވެސް ނުގަވާއިދުން އުޅޭ 83 ބިދޭސީން ހޯދައިފައިވާއިރު މިއީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދުގެ އިރުޝާދާ އެއްގޮތަށް، އިމިގްރޭޝަން އިސްވެ މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން މި އަހަރު މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ އެންމެ ބޮޑު ރެއިޑް އޮޕަރޭޝަންކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއްވާފައިވެއެވެ.

މިގޮތުން ހިންގާފައިވާ ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް 99 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބެނީސް ދޫނުދެއްވާނެ ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-