-Advertisement-

-Advertisement-

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޮންސުލްގެ ސައިކަލު ވަގަށް ނެގި މީހާ 10 މަސް ދުވަހަށް ޖަލަށްލާން ޙުކުމްކޮށްފި

ކްރިމިނަލް ކޯޓު /ފޮޓޯ: ސަން

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލްގެ ސައިކަލު ވަގަށް ނެގި މީހާ އަށް 10 މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު 10:30ހާއިރު، ބޮޑުތަކުރުފާނު މަގުގައި ހުއްޓައި ރ. ކަނދޮޅުދުއަށް ނިސްބަތްވާ އަޙުމަދު އިރުޝާން ކޮންސުލް ޑރ. ޕޯލް އާތާ ވެން ޑްރީސްގެ ސައިކަލު ވަގަށް ނަގާފައިވާތީވެ ދައުލަތުން ވަނީ އިރުޝާންގެ މައްޗަށް ވައްކަމުގެ ދެ ދައުވާއެއް ކޮށްފައެވެ. އެއީ ސައިކަލު ވަގަށް ނެގުމާއި ސައިކަލުގެ މަޑިދަށުގައި އޮތް އައިނެއް ވަގަށް ނަގައިފައިވާތީ ވަކިން ކުރި ދެ ދައުވާއެވެ.

ދައުލަތުން ކޮށްފައިވާ ދެ ދައުވާއަށްވެސް ދައުވާލިބޭ ފަރާތުން އިއުތިރާފުވެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަވަސް ނިޔާއިން ކުރިއަށްގެންދިޔުމަށް ނިންމާފައެވެ.

ދައުވާލިބޭ ފަރާތާއިއެކު ޕްރޮސިކިއުޓާރ ޖެނެރަލް ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގައި ސައިކަލު ވަގަށް ނެގި މައްސަލައިގައި އޭނާގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރުމަށާއި އައިނު ވަގަށް ނެގި މައްސަލައިގައި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ވަނީ އެއްބަސްވެފައެވެ.

މިމައްސަލާގައި ކްރިމިނަލް ކޯޓުން އިއުތިރާފުގެ އެއްބަސްވުމުގައިވާ ފަދައިން ދެ ދައުވާއަށް ވެސް އެއްބަސްވުމުގައި އޮތް މުއްދަތަށް ޙުކުމްކޮށްފައިވެއެވެ.  މީގެއިތުރުން ތަހުގީގު މަރުހަލާގައި 15 ދުވަހާއި 19 ގަޑިއިރު އިރުޝާން ބަންދުގައި ހޭދަކޮށްފައިވާތީ، ސައިކަލް ވަގަށް ނެގުމުގެ ދައުވާގެ ހުކުމަށް އޭނާ ތަންފީޒު ކުރަން ޖެހޭނީ ނުވަ މަހާއި ދެ ދުވަހުގެ ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-