-Advertisement-

-Advertisement-

އާސަންދައިގެ ލޯގޯ ބޭނުންކޮށްގެން ޑޮލަރު ވިއްކާކަމަށް ބުނާ ސްކޭމެއް އާންމުވަނީ

އާސަންދަ ކޮމްޕެނީ ލިމިޓެޑް – ފޮޓޯ: އެމްވީޕްލަސް

ރާއްޖެއިން ބޭރަށް އާސަންދައިގެ ދަށުން ބޭސްފަރުވާއަށްދާ ބަލި މީހުންނަށް ބޭންކް ރޭޓުގައި ޑޮލަރު ވިއްކާކަމަށް ބުނެ ދައުރުވަމުންދާ ޕޯސްޓާމެދު ސަމާލުވާން އާސަންދައިން އެދިއްޖެއެވެ.

އާސަންދައިގެ ލޯގޯ ބޭނުންކޮށްގެން ޑޮލަރު ވިއްކާކަމަށް ބުނެ ބަޔަކު ގެންދަނީ ޕޯސްޓެއް ދައުރުކުރަމުންނެވެ. އެ ޕޯސްޓުގައި އާސަންދައިންގެ ދަށުން ބޭސް ފަރުވާއަށް ދާ މީހުންނަށް ބޭންކު ރޭޓުގައި ޑޮލަރު ހަމަޖައްސައިދޭނެކަމަށް ބުނެ ނަމްބަރެއް ޖަހައިފައިވެއެވެ.

އާސަންދައިން ވަނީ މި ވާހަކަ ދޮގުކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކީ އެ ކުންފުންޏާއި އެ ކުންފުނީގެ ބޭސްފަރުވާގެ ސްކީމްތަކާ އެއްވެސް ގުޅުމެއް އޮތް ޕޯސްޓެއް ނޫންކަމަށް ބުނެ އާސަންދައިން ވަނީ “އެކްސް”ގައި ޕޯސްޓެއް އާންމުކޮށްފައެވެ.

ފަހަކަށް އައިސް އެކި ގޮތްގޮތުން އޮޅުވާލައިގެންނާއި ބިރު ދައްކައިގެން ވެސް ފައިސާ ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައިކަން ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-