-Advertisement-

-Advertisement-

ހިނގުމުން ފައިދާ ލިބިގަންނާނެ ގޮތްތައް

ހިނގުން ބެލެވެނީ އެރޮބިކް އެކްޓިވިޓީއެއް ގޮތަށެވެ. މިއީ ހަށިގަނޑުގެ ބޮޑެތި ކަށިތަކުގައި ހުންނަ މަސްތަކަށް ފައިދާ ލިބިގެންދާ ކަސްރަތެކެވެ. މިއީ އެއްވެސް ހުނަރެއް ނުވަތަ އިތުރު ސާމާނެއް ބޭނުން ނުވާ ޤުދުރަތީ ފަސޭހަ ހަރަކާތެކެވެ. ޤަވާއިދުން ހިނގުމަކީ ހަށިގަނޑުގެ ޕޯސްޗަރ ރަނގަޅުކޮށްދޭ އަދި މައިގަނޑު ގޮތެއްގައި ބަރުދަން ކޮންޓްރޯލް ކުރުމަށާއި، އިންސިއުލިން ނުވަތަ ގުލްކޯޒް މެކޭނިޒަމް އާއި ހައި ޑެންސިޓީ ލިޕޯ ޕްރޮޓީން މެޓަބޮލިޒަމް އަށް އެހީތެރިވެދޭ ކަމެކެވެ. ވީމާ، ކުދިކުދި ބަދަލުތައް ގެނެސްގެން ހިނގާލަންދިއުން ފަދަ ސާދާ ކަމަކުން ސިއްޙަތަށް އެތަށް ފައިދާއެއް ލިބިގެންދާގޮތަށް ބަދަލުކުރެވިދާނެއެވެ.

ކެއުމާއި ހިނގުމުގެ ވަގުތު ކަނޑައެޅުން
ކެއުމުގެ ކުރިން ހިނގުމުގެ ކަސްރަތު ކުރުމަކީ ކެއުމަށް ފަހު އޭގެ ފައިދާ ހަށިގަނޑަށް ލިބިގެންދާ ކަމެކެވެ. ހިނގުމަށް ފަހު ކެއުމުން ލޭގައި ހަކުރާއި ސަރުބީ ޖަމާވާ މިންވަރު މަދުކޮށްދެއެވެ. އަދި ހަސިގަނޑުން ބޭނުންކުރާ ކާނާއިން ހަކަތަ އުފައްދައި ހަށިގަނޑަށް ބޭނުންކުރުމުގެ ސަބަބުން ކާނާ ސަރުބީ އަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

ކެއުމަށްފަހު ހިނގުމަކީ މަސްތަކަށް ބޭނުންވާ ގުލްކޯޒް ނެގުން އިތުރުކޮށްދީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޚާއްސަކޮށް އިންސިއުލިން ރެސިސްޓެންސް ނުވަތަ ހަކުރުބަލި ހުންނަ ފަރާތްތަކަށް މިއީ ފައިދާހުރި ކަމެއްކަމުގައި ބެލެވެއެވެ.

އިރުގެ އަލި ލިބޭ ގަޑިއެއްގައި ހިނގުން
ލޮކްޑައިންގެ ތަޖްރިބާ އަށް ފަހު އަހަރުމެންގެ ތެރެއިން ގިނަބަޔަކަށް ވަނީ ގެއިން ނިކުތުމެ މުހިންމުކަން ވިސްނިފައެވެ. އެކަމަކު ބޭރަށް ނިކުތުމުން އެލިބޭ އުފާވެރި އިހްސާސް ލިބޭނީ ކީއްވެގެން ހެއްޔެވެ؟ އެއީ އިރުގެ އަލިން ސިކުނޑިއަށް ބަދަލުތަކެއް އައިސް، މީހާގެ މޫޑް ރަނގަޅުވެ ކެމިކަލް ސެރަޓޮނިންގެ މިންވަރު އިތުކޮށްދޭތިއެވެ. މިފައިދާތަކުގެ އިތުރުން މިކަންތަކުގެ ސަބަބުން ސިކުނޑިން ވަރުބަލިކަން އިހްސާސްކުރެވޭ ހޯމޯން ކަމަށްވާ މއލަޓޮނިން އެފެއްދުން ހުއްޓުވައެވެ.

ބާރަށް ހިނގުން
ބާރަށް ހިނގުމަކީ ކާޑިއޯ ވެސްކިއުލަރ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެކެވެ. ކަސްރަތުގެ ފައިދާތައް ދިރާސާކުރުމުގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަލްސްޓަރ ޔުނިވަރސިޓީގެ ޕްރޮފެސަރ އޮފް އެކްސަސައިޒް އެންޑް ހެލްތް މާހިރު، މެރީ މާފީ ހާމަކުރާ ގޮތުގައި ދާދިފަހުން 50000 މީހުންގެ މައްޗަށް ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ހިނގުމުގެ ދުވެލި މަތިކޮށްލުމުން އޭގެ ފައިދާ 20 އިންސައްތަ އާއި 50 އިންސައްތަ އާއި ދެމެދުގެ މިންވަރަކަށް އިތުރުވެގެންދެއެވެ. މި ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި ބާރަށް ހިނގާލުމަކީ ކާޑިއޯ ވެސްކިއުލަރ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެކެވެ.

ހެނދުނު ގަޑީގައި އޮފީހަށް ދިއުމުގެ ކުރިން ވަގުތު ކޮޅެއް ހުސްކޮށްލައި ހިނގާލަން ދިއުމަކީ ފަސޭހައިން ކުރެވިދާން އަދި ރަނގަޅު އާދައަކަށް ވެގެންދާނެއެވެ. މިއީ ތިމާގެ ހަށިގަނޑާއި ސިކުނޑިއަށް ފައިދާކުރާނެ އަދި މީހާގެ ދުވަހަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-