-Advertisement-

-Advertisement-

ދުވަސް ރަނގަޅު ގޮތުގައި ފެށުމަށް ކުރެވިދާ ކަންތައްތައް

ކުދިކުދި ކަންތައްތަކުގެ ސަބަބުން މުޅި ދުވަހު ތިބާގެ ހެޔޮ ދުޅަހެޔޮކަމުގެ އިހުސާސަށް ވަރަށް ބޮޑު ތަފާތެއް އަންނާނެއެވެ. ދުވަސް ރަނގަޅަށް ފެށުމަކީ އޭގެ ފަހުން އަންނަ ހުރިހާ ކަމެއްގެ ރާގު ކަނޑައަޅާ ކަމެކެވެ. މިއީ ދުވަހުގެ މޮޅު ފެށުމެއް ހޯދުމަށް ކުރެވިދާނެ 5 ސާދާ ގޮތެވެ.

1. އަމިއްލަ ނަފްސަށް ވަގުތު ދިނުން
ކޮންމެ ދުވަހަކު އެއްގަޑިއެއްގައި އެލާރމް ޖައްސައިގެން ހެނދުނުގެ ވަގުތުގެ ބޭނުން ހިފުމުގެ ފައިދާ އަމިއްލަ ނަފްސަށް ހޯދައިދޭށެވެ. އަވަހަށް ތެދުވުމުން އަމިއްލަ ނަފްސަށް ފޯކަސްކޮށް ދުވަހަށް ކުރަންހުރި ކަންކަން ކަނޑައެޅުމަށް ވަގުތު ލިބެއެވެ. ހެނދުނުގެ ރޫޓިން އަށް އަވަސްވެގަތުމަކީ މުޅި ދުވަހު ވެސް އުނދަގޫވެ ކަންބޮޑުވުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. އަމިއްލަ ނަފްސަށް އޯގާތެރިވެ އެ އިތުރު ވަގުތުގެ އުފާ ހޯދާށެވެ!

2. ހޭލުމާއިއެކު އިރުގެ އަލި ލިބިގަތުން
ހޭލެވުނުހާ އަވަހަކަށް ފަރުދާތައް ހުޅުވާލާފައި ހެނދުނުގެ އަލިކަމުގައި މަރުހަބާ ކިޔާށެވެ. ބައެއް އެޕާޓްމެންޓްތަކަކީ އިރުގެ އަލިކަން ސީދާ ނުލިބޭ ކޮޓަރިތައް ކަމުގައި ވީނަމަވެސް ދުވާލުގެ އަލިކަން ލިބޭނެ ފަދަ ގޮތަކަށް ހެދިދާނެ ތަންތަނެވެ. ހެނދުނުގެ އަލި ލިބިގަތުމަކީ ކޮޓަރި އަލިކޮށްދިނުމުގެ އިތުރުން އަހަރުމެންގެ އެތެރޭގެ ގަޑި ނުވަތަ ބަޔޮލޮޖިކަލް ކްލޮކް ރީސެޓްކޮށް، މޫޑާއި ސަމާލުކަން އިތުރުކޮށްދޭ ކަމެކެވެ.

3. އިލެކްޓްރޯނިކް ބޭނުންކުރަން ފަށާ ގަޑި ލަސްކުރުން
ހެނދުނު ފުރަތަމަ ކަމަކަށް ފޯނު ޗެކް ކުރުމުގެ ޝައުގުވެރިކަމާ ދެކޮޅު ހަދާށެވެ. ހެނދުނު ސައި ބުއިމުގެ ކުރިން ފޯނަށް އަތް ދިއްކުރުމަކީ ފަސޭހަ ކަމަކަށް ވެދާނެ ނަމަވެސް، ފުރަތަމަ 30 މިނެޓް ވަންދެން އަމިއްލަ ނަފްސަށް ޓެކް ފްރީ ޒޯނެއް ހޯދައިދޭށެވެ. މި ސުލްހަވެރި ފެށުމަކީ ޖުމްލަކޮށް ތިމާގެ ސްޓްރެސް ދަށްކޮށްދީ، ތިމާއަށް އިތުރަށް ހަމަޖެހޭ އަދި މިކަމުން ފައިދާ ލިބޭނެ ކަމެކެވެ.

4. ފުރަތަމަ ހައިޑްރޭޓްކުރުން
ކޮފީ ނުވަތަ ސައި ބުއިމުގެ ކުރިން ފެން ފޮދެއް ބޯލާށެވެ. ރޭގަނޑު ދައުރުވާއިރު، ހަށިގަނޑަށް ފުދޭވަރަކަށް ޑީހައިޑްރޭޓް ވެފައިވާ ކަމުގެ އިހުސާސް ކުރެވޭނެއެވެ. ހެނދުނު ފުރަތަމަ ކަމަކަށް ދިޔާތަކެތިން ހާއްސަކޮށް ފެން ޞެނުންވާ މިންވަރު ފުރިހަމަ ކުރުމަކީ ހަށިގަނޑު މަޑުމަޑުން ހޭލައްވާލުމަށް އެހީތެރިވެދޭނެ ކަމެކެވެ.

5. ހެނދުނުގެ ކަސްރަތު ކުރުން
ހޭލުމަށްފަހު ހަމަޖެހިލުމަށްޓަކައި މަޑުމަޑުން މަދު ސްޓްރެޗްތަކެއް ކޮށްލުމަކީ މުހިންމު ކަމެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ މަސްތަކާއި ސިކުނޑި ހޭލައްވައި، އަހަރުމެންގެ ސިކުނޑިން އެންޑޯފިންތައް ހަށިގަނޑަށް ދައުރުކޮށް، ދުވަސް ފަށާނީ ހަކަތަ އާއި އެކުގައެވެ.

އަހަރުމެންގެ ދުވަހުގެ ފެންވަރު ރަނގަޅު ކުރެވޭނީ އަހަރެމެންގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބި، ދުވަހުގެ މަސައްކަތްތަކަށް އަހަރުމެންގެ ހަށިގަނޑާއި ސިކުނޑި ތައްޔާރުވެގެންނެވެ. ހެނދުނު ހޭލުމަށްފަހު ދުވަހަށް ތައްޔާރުވުމަށް މިކަންތައްތަކަށް ސަމާލުކަންދިނުން މުހިންމުވަނީ އެހެންވެގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-