-Advertisement-

-Advertisement-

ކުރީ ސަރުކާރުން އިންޖީނުގެތަކާއި އޮފީސްތައް އަޅާފައި ހުރީ ރޭވުންތެރިކަން ކުޑަކޮށް: ޠާރިޤް

ތިމާވެއްޓާ ބެހޭ ވުޒާރާއިން ބޭއްވި މީޑިއާ ބްރީފިންގައި ވަޒީރު ޠާރިޤް އިބްރާހިމް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ވޮއިސް

ނިމިދިޔަ ސަރުކާރުގައި ބައެއް ރަށްރަށަށް ބޭނުންނުވާ ވަރުގެ އިންޖީނުގެތަކާއި އޮފީސްތައް އަޅާފައި އެބަހުރިކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޠާރިޤް މިހެން ވިދާޅުވީ އިއްޔެ އެ ވުޒާރާއިން ބޭއްވި މީޑިއާ ބްރީފިންގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބްރީފިންއަކީ އެ ވުޒާރާއިން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ބްރީފިންއެކެވެ.

ޠާރިޤް ވިދާޅުވީ ރާއްޖެއިން ތެލަށް ބަރޯސާވާ ވަރު ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމުގެ ގޮތުން ޑިސްޓްރިބިއުޝަނާއި ޖަނަރޭޝަންގެ ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ. އެހެންނަމަވެސް ކުރީ ސަރުކާރުގައި ރޭވުންތެރިކަން ކުޑަކޮށް ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުގެ ސަބަބުން މި ކަން ކުރުމަށް ހުރަސްތަކެއް އެބަ ހުރިކަމަށް ޠާރިޤްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ބޮޑެތި ކަންކަމުގެ ތެރޭގައި ބައެއް ރަށްރަށަށް ބޭނުން ނުވާ ވަރުގެ އިންޖީނުގެއާއި އޮފީސް އިމާރަތްތައް އަޅައިފައި ހުރިކަމަށް ޠާރިޤް ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ސަރުކާރުން ފެށި ބައެއް މަޝްރޫޢުތައް ދައުރު ނިމުނު އިރު ނުނިމި ހުރުމާއި ނިމިފައި ހުރި ތަންތަނަށް ބޭނުންވާ ވަސީލަތްތައް އަދިވެސް ހަމަނުވެ ހުރުމަކީ ދިމާވެފައިވާ ގޮންޖެހުމެއްގެ ގޮތުގައި ޠާރިޤް ސިފަކުރެއްވިއެވެ.

ޠާރިޤް ވިދާޅުވި ގޮތުގައި މި ފަދަ 60 ޕްރޮޖެކްޓް މިދިޔަ ސަރުކާރުން ހިންގާފައިވާ އިރު ގިނަ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަވެފައެއް ނުވެއެވެ. މީގެ ސަބަބުން އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވާކަން ޠާރިޤް ހާމަކުރެއްވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-