-Advertisement-

-Advertisement-

ހައިވޭގައި ހުރި ސޯލާ ޕެނަލްތަކަށް ކާރެއް އަރައިފި

ފޮޓޯ: އެމްވީ ކްރިސިސް

ސިނަމާލެ ބުރިޖާއި ގުޅިފައިވާ ހަލިމަގު (ހައިވޭ) ގައި ދުއްވާފައި ދިޔަ ކާރެއް އެމަގުގައި ހަރުކޮށްފައި ހުންނަ ސޯލާ ޕެނަލްތަކުގައި މިއަދު ހެނދުނު އެކްސިޑެންޓު ވެއްޖެއެވެ.

މިއަދު ހެނދުނު ހައިވޭގައި ހިނގާދިޔަ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިއެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިއެކްސިޑެންޓް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި މިއެކްސިޑެންޓްގެ ވީޑިއޯއެއް އާންމުވެފައިވާއިރި، ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވެފައި ވަނީ ރަތް ކުލައިގެ ކާރެކެވެ. އަދި އެކްސިޑެންޓްވި ކާރަށާއި ސޯލާ ޕެނަލްތަކަށް ބޮޑު ގެއްލުންތަކެއްވެފައިވާކަން ވެސް ވީޑިއޯއިން ފެނިގެންދެއެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރު ދުއްވާފައި ދިޔަ ޓެކްސީއެއް ކޮންޓްރޯލް ނުވެގެން ގޮސް ސޯލާ ޕެނަލްތަކަށް އަރާ، ސޯލާ ޕެނަލްތަކަށާއި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ކުރީ ސަރުކާރުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ނަގާ އެހެން ރަށަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުން ހަލިމަގުގައި މިސޯލާ ޕެނަލްތައް ހަރުކޮށްފައިވަނީ ކަރަންޓު އުފައްދަން ބޭނުންކުރާ ތެލަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-