-Advertisement-

-Advertisement-

ހުޅުމާލެ ފިޔަވަހި 2ގައި ކޮމާޝަލް ކިއޮސްކާއި ކޮމާޝަލް އައުޓްލެޓް ތަރައްޤީ ކުރަން ހުޅުވާލައިފި

ހުޅުމާލެ ރުއްގަނޑު 3 ގައި ކިއޮސްކުތައް ބެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން. ފޮޓޯ: މައި ހުޅުމާލެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްތަކާއި ކިއޮސްކް ތަރައްޤީކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކަމާ ގުޅިގެން ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ އިއުލާނެއް ނެރެފައެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްތަކާއި ކޮމާޝަލް ކިއޮސްކް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) މިހާރު ހުށަހެޅޭނެކަމަށެވެ.

ކޮމާޝަލް އައުޓްލެޓްތަކަށް އީއޯއައި ހުށަހެޅޭނެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހެވެ. އެ ދުވަހުގެ މެންދުރު ފަހު 2 ޖެހުމުގެ ކުރިން އެޗްޑީސީގެ މައި ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ވެސް އީއޯއައި ބަލައިގަންނާނެއެވެ. އަދި ކިއޮސްކް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 28ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ މި ދެ މަޝްރޫޢު ވެސް ދޫކުރާނީ ލޭންޑް ލީސް ރައިޓްސް މޮޑެލަށްކަމަށެވެ. ނަމަވެސް، އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެކަމަށް އެޗްޑީސީން ހާމަކުރެއެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސާއި ސީއެސްއާރު ހިމެނެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެއް ފަރާތަށް ވުރެން ގިނަ ފަރާތްތަކުން ކުރިމަތިލައިފި ނަމަ، އެ މަޝްރޫޢު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ. އަދި އީއޯއައިތައް އިވެލުއޭޓްކުރުމުގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑެލްއާއި އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރަށް ބަލާނެއެވެ.

މި ދެ މަޝްރޫޢާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-