-Advertisement-

-Advertisement-

ހުޅުމާލެގައި ކޮމާޝަލް އައުޓްލެޓްތަކާއި ކިއޮސްކް ތަރައްގީކުރަން ހުޅުވާލައިފި

ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްތަކާއި ކޮމާޝަލް ކިއޮސްކް ތަރައްގީކޮށް ހިންގުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތަށް ހުޅުވާލައި އެޗްޑީސީން ބުނެފައިވަނީ، މި ކޮމާޝަލް އައުޓްލެޓްތަކާއި ކޮމާޝަލް ކިއޮސްކް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު  ހުޅުވާލާކަމަށާއި  ދެ މަޝްރޫއު ވެސް ދޫކުރާނީ ލޭންޑް ލީސް ރައިޓްސް މޮޑެލްތަކަށް ނަމަވެސް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅޭނެ ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރުމުގައި އިސްކަން ދެވޭނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

އެގޮތުން އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލާއި އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރަށް ބެލޭނެ ކަމުގައިވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މި ކޮމާޝަލް އައުޓްލެޓްތަކާއި ކޮމާޝަލް ކިއޮސްކް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީ ބިލްޑިންއަށް ހާޒިރުވެ، މި މަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީއޯއައި ހުށަހެޅޭނެއެވެ.

އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ 14:00އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-