-Advertisement-

-Advertisement-

ފުށް ފެކްޓްރީގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ނިންމައިފި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް

ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ހދ ކުޅުދުށްފުށީގައި ޤާއިމް ކުރުމަށް ނިންމައިފައި އޮތް ފުށް ފެކްޓްރީގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ނިންމައިފިއެވެ.

ރޭ ބޭއްވި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، އެ ކުންފުނީގެ ބޯޑުގައި ކުރެވުނު މަޝްވަރާތަކަށްފަހު ފުށް ފެކްޓްރީގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދިއުމަށް މިހާރު ނިންމާފައިވާކަމަށެވެ.

އެގޮތުން ފުށް ފެކްޓަރީ އަކީ ފައިދާވާނެ ވިޔަފާރިއެއް ކަމަށް ނުފެންނަކަން ހާމަކުރައްވައި ޝިމާދު ވިދާޅުވީ،  އެ ވިޔަފާރީގެ ތެރެއަށް ނުވަނުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފައި ވާކަމަށެވެ.

އެގޮތުން ޝިމާދު އިތުރަށް ވިދާޅުވީ ކުރިން ފުށް ފެކްޓްރީ ހެދުމަށް ނިންމި އިރު ހެދި ފީސިބިލިޓީއާއި މިހާރުގެ ފީސިބިލިޓީ އަޅައި ކިޔުމުން އަންނަ އަންނަ ކޯސްޓުތައް ހާ ފީސިބަލް ކަމަކަށް ނުވާތީ އެއީ ކުރިއަށް ގެންދިއުން އެންމެ އެދެވޭ މަސައްކަތެއްގެ ގޮތުގައި ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ގޮދަން ފުށް ފެކްޓްރީ ތަރައްގީކުރުމަށް ބޭނުންވާ ސާވޭތަކުގެ މަސައްކަތް ނިންމައި އެކަމަށް ބޭނުންވާ ފަންޑުވެސް ހަމަޖެއްސިއެވެ.

އަދި ކުޅުދުއްފުށިން ބިން ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ އަމަލީ މަސައްކަތް ފަށަން އޮތީ ތައްޔާރުވެފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-