-Advertisement-

-Advertisement-

އެސްޓިއޯއިން ހުޅުމާލޭގައި އަޅަންފެށި ފަސްތަރީގެ ހޮޓާ ދޫކޮށްލަން ނިންމާއިފި

ފޮޓޯ: ރަސް އޮންލައިން

ހުޅުމާލޭގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އިން ހުޅުމާލެގައި އަޅަމުން ގެންދާ ފަސްތަރީގެ ހޮޓާ ދޫކޮށްލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓިއޯއިން ވީއައިއޭގެ ސީޕްލޭން ޓާމިނަލުގެ ނީރި ލައުންޖުގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ އެސްޓީއޯއާ ނުގުޅޭ ބައެއް ވިޔަފާރިތައް ދޫކޮށްލުމަކީ މުހިންމު ކަމެއް ވިދާޅުވެފައެވެ. އެހެންކަމުން، އެސްޓީއޯއިން ހުޅުމާލޭގައި ހަދަން ފަށާފައިވާ ހޮޓާ ދޫކޮށްލަން ނިންމައި ހޮޓަލާއި ގުޅިގެން އެޗްޑީސީއާއެކު މަޝްވަރާތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މިފްކޯގައި އޮތް އެސްޓީއޯގެ ހިއްސާ ސަރުކާރަށް ދޫކޮށްލާފައިވާ ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.

އެސްޓިއޯއިން މި ހޮޓާ ތަރައްގީ ކުރަން ފަށާފައިވަނީ “ރެޑިސަން ހުޅުމާލެ މޯލްޑިވްސް” ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެންނެވެ. 250 ކޮޓަރީގެ މައްޗަށް އެކުލެވޭ މިޕްރޮކްޓް ހަދަން ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ.

އެހެންނަމަވެސް އޭގެ ފަހުން އެތަނުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އެގޮތުން 2014 ވަނަ އަހަރު މި ހޮޓަލުގެ މަސައްކަތް ހުއްޓިފައިވަނީ ހޮޓާ ގާއިމުކޮށް ހިންގުމަށް އެއްބަސްވުން ހަދާފައިވާ ރެޑިސަން ކުންފުނިން އެ މަސައްކަތް ހުއްޓާލައި އެއްބަސްވުން އުވާލުމުންނެވެ. އެއަށްފަހު އެސްޓިއޯއިން ވަނީ އެތަން ވިއްކާލަން ވަނީ މަސައްކަތް ކޮށްފައެވެ.

މިއީ 2006 ވަނަ އަހަރު ޓޫރިޒަމް ދާއިރާއަށް ވަންނަން ނިންމައި އެސްޓިއޯއިން ފައްޓާފައިވާ މަޝްރޫއެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-