-Advertisement-

-Advertisement-

ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަމީޒު އަވަހާރަ ވެއްޖެ

ފޮޓޯ: ސޯޝަލް މީޑިއާ

ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަމީޒު އަވަހާރަ ވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ވަގުތު ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނެއްލައިދޫއާއި އެކީ ކުޅުނު ފުޓްބޯޅަށް މެޗަކަށްފަހު، ރަމީޒުގެ ބޮލަށް އުނދަގޫ ވެގެން އޭނާ ދަނޑުން ފޭބީ ކަމަށާއި އޭގެ ފަހުން އޭނާ ހޮޑުލައި ހަދައި ހާލު ދެރަވެގެން އެރަށު ސިއްހީ މަރުކަޒަށް ވަނީ ގެންދެވިފައެވެ.

“ބޯޅަ ކުޅެން އުޅެނިކޮށް ބޮލަށް އުނދަގޫވެގެން ފޭބީ. އިރުކޮޅަކުން އެމްބިއުލާންސް ދިޔައީ. އެމްބިއުލާންސަށް އެރުވި އިރު ރަނގަޅު. އޭގެ ފަހުން ސިއްހީ މަރުކަޒަށް ދިޔަ ފަހުން ހަބަރެއް ނުވާ ކަމަށް ވަނީ” ރަށުން މައުލޫމާތު ދިން މީހަކާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

މީގެ އިތުރުން އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހުވެސް އޭނާގެ ހާލު ދެރަވުމުގެ ސަބަބުން އިތުރު ފަރުވާއަށް ސީއެމްބިއުލާންސްގައި އެއަތޮޅު ދިއްދޫއަށް ގެންދެވުނެވެ. އަދި ދިއްދޫއަށް ގެންދިއުމަށް ސީއެމްބިއުލާންސަށް އެރުވިއިރު ވެސް ޑޮކްޓަރުން ދިޔައީ އޭނާ ފަރުވާ ދެމުން [ޕަމްޕް] ކުރަމުން ކަމަށް އެރަށު މީހަކާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ދިއްދޫ ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންދެވިނު އިރުވެސް އޭނާ ވަނީ އަވަހާރަވެފައެވެ.

ރަމީޒަކީ މާރަންދޫ ކައުންސިލުގައި އެމްޑީޕީ ތަމްސީލު ކުރައްވާ، ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބެފުޅެކެވެ. ރަމީޒު ނިޔާވުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ރަމީޒު ކުއްލި ގޮތަކަށް ނިޔާވި ހަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށާއި ރަމީޒުއަކީ އެމްޑީޕީ އަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-