މާލޭގައި ދޫނިކޮށްޓަކައި ލައި ދެ މީހަކު ބަނދުކޮށްގެން ގެންގުޅުނު މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
މީސް މީޑިޔާގައި އާންމުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާލޭގެ އާޓިފިޝަލް ބީޗްގެ ފާހާނާ ބަރި ކައިރީގައި ހުރި ބޮޑު ދޫނިކޮށްޓެއްގައި ބަންދުކޮށްފައި ތިބީ ދިވެހި ދެ ފިރިހެނުންނެވެ.
އަދި ކޮށީގެ ބޭރުގައި ތިބި މީހުން އެ ދެމީހުންގެ ގަޔަށް ހޮޅިއަކުން ފެން ޖަހާ މަންޒަރުވެސް އެ ވީޑީއޯއިން ފެނެއެވެ.
މީގެ އިތުރުން އެ ވީޑިއޯއިން ފެންން ގޮތުގައި ހުސް ގަޔާ ކޮށީގައި ތިބި އެ ދެ މީހުން، ދިޔައީ ފައިސާގެ މައްސަލައަކާއި ގުޅުންހުރި ވާހަކަތަކެއް ބޭރުގައި ތިބި މީހުންނާއި ދައްކަމުންނެވެ.
ކޮށީގެ އެތެރޭގައި ބަންދުކޮށްފައިވާ އެއް ފިރިހެނަކު ވަގުތުކޮޅެއް ދިނުމުން ފައިސާ އަނބުރާ ދޭނެ ކަމަށް އާދޭސް ކުރަމުން ދިޔައެވެ. އަދި ފައިސާ އަނބުރާ ދޭނެ ކަމުގެ 100 އިންސައްތަ ޔަގީންކަން ދޭ ކަމަށް ކޮށީގައި ހުރި ދެވަނަ މީހާ ބުންޏެވެ.
ވުމާއެކު މި ދެމީހުންވެސް ބަންދުކޮށްފައި ތިބީ ފައިސާއާއި ގުޅުން ހުރި މުއާމަލާތެއްގައި ކަމަށް ބެލެވެއެވެ.
މި މައްސަލައާިއ ގުޅިގެން ފުލުހުން ވިދާޅުވީ، ކޮއްޓެއްގައި ބަޔަކު ބަންދުކޮށްގެން އުޅޭ ވީޑިއޯ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް އެ އިދާރާއިން ބަލަމުން ގެންދާ ކަމަށެވެ.